ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނީޝަން - ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މަޤާމް :ލެބޯޓްރީ ޓެކްނީޝަން
ބޭނުންވާ އަދަދު :1

މަޤާމު:

ލެބޯޓްރީ ޓެކްނީޝަން

ބޭނުންވާ އަދަދު:

1

ސްޕައިން ޕޮއިންޓް:

23

ގްރޭޑް:

4

އޮފީސް

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މުސާރަ:

މަހަކު 6,936/73 ރ

ސަރވިސް އެލަވަންސް:

މަހަކު  2,972/88ރ

އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މުއްދަތު:

ކޮންޓްރެކްޓް ފެށޭ ތާރީޚުން ފެށިގެން 26 އޮގަސްޓް 2022 ގެ ނިޔަލަށް.

މަގާމްގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހެޑް އޮފް ޑިޕާރޓްމަންޓްގެ އިރުޝާދުގެ މަތިން ލެބޯރެޓަރީގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  2. ލެބޯރެޓަރީގެ އެކިއެކި އިކްއިޕްމަންޓްތައް މެއިންޓެއިންކޮށް ބެލެހެއްޓުން.
  3. ލެބޯރެޓަރީގެ  އިކްއިޕްމަންޓްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  4. ޕްރެކްޓިކަލް ގަޑިތަކަށް ބޭނުންވާ ކެމިކަލް އާއި އިކްއިޕްމަންޓް ނަގާ އެކަމަށް ތައްޔާރުކުރުމުގެ ގޮތުން ޓީޗަރުން އަންގާގޮތުގެ މަތިން ތަކެތި ތައްޔާރުކޮށް ދިނުމާއި، ޕްރެކްޓިކަލް ނިމުމުން އެތަކެތި އަނބުރާ ހުރިތަނަށްލުން އަދި މިމަސައްކަތް ސުޕަވައިޒްކުރުން.
  5. ލެބޯރެޓަރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ރައްކާތެރި ގޮތުގައި އިކްއިޕްމަންޓްތަކާއި، ކެމިކަލްތައް ބެލެހެއްޓުން އަދި މިމަސައްކަތް ސުޕަވައިޒްކުރުން.
  6. ލެބޯރެޓަރީ އިން މަދުވާ ކެމިކަލް ލެބް ކޯޑިނޭޓަރުގެ ބެލުމުގެ ދަށުން އޮފީސް މެދުވެރިކޮށް ލެބޯރެޓަރީ އަށް މަދުނުވާވަރަށް ހޯދުމުގެ ލިސްޓުތައް ތައްޔާރުކުރުމާއި މިމަސައްކަތް ސުޕަވައިޒްކުރުން.
  7. ލެބޯރެޓަރީ ޕްރެކްޓިކަލްތަކައް، ފީލްޑް ވިޒިޓްތަކަށް ބޭނުންވާ ތަކެތި ސްޓޮކުން ރިކުއެސްޓްކޮށްގެން ހޯދުމާއި ސައިންސް ފީލްޑްޓްރިޕްތަކުގައި ބައިވެރިވުން.
  8. މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.މަރުކަޒާއި، ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުމާއި ރޭވުމުގެ މަސައްކަތުގައި ބައިވެރިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022މެއި 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިމިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-155

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

https://tinyurl.com/Job-Application-Form--Dhivehi

https://tinyurl.com/Job-Application-Form--English

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
12 މޭ 2022
ހޯދާ