ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ހޯލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މިޑިޕާޓްމަންޓުން ބާއްވާ އެކިއެކި އިމްތިޙާންތަކާއި ވާރކްޝޮޕްތައް ބޭއްވުމަށް ބޭނުންވާ ހޯލްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 2014 ސެޕްޓެންބަރު 4 ވަނަ ދުވަހު ކުރި ނަންބަރު IUL)120/1/2014/53) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ސެޕްޓެންބަރު 22 ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 6 ވަނަ ފަންގިފިލާގައެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ