ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުން.

އިޢުލާނު

 

މަޤާމް:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-128816                

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް

އޮފީސް

މިނިސްޓްރީ އޮފް ހެލްތް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ،  ކ.މާލެ

މުސާރަ:

13,890.00 ރުފިޔާ (މަހަކު)

ސަރވިސް އެލެވަންސް:

2,000.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި (މަހަކު) އަސާސީ މުސާރައިގެ %28 އިންސައްތަ ނުވަތަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1500 ރުފިޔާ (މަހަކު).

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ މެޑިކަލް ޑިވައިސްތައް ބޭނުންކުރުމުގެ ޤައުމީ މިންގަނޑުތައް ކަނޑައަޅައި، މިތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ފެންވަރު ކަށަވަރުކުރުމާއި، މިކަންކަމާބެހޭ މަޢުލޫމާތު ބެލެހެއްޓުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވުން.
  2. ރާއްޖެއަށް އެތެރެކުރާ ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، ޑައިގްނޯސްޓިކް ޑިވައިސްތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބަލައި، ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް މުވައްޒަފުން ލައްވާ ކުރުވުން.
  3. ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާއި، ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ މެޑިކަލް ޑިވައިސްތަކުގެ ތެރެއިން ރަޖިސްޓަރީ ކުރަންޖެހޭ ބާވަތްތައް ކަނޑައެޅުމާއި ރަޖިސްޓަރީކުރުމުގެ މަސައްކަތްތައް ވިލަރެސް ކުރުން (ޕްރޮޑަކްޓް ރަޖިސްޓްރޭޝަން).
  4. ރާއްޖެއަށް އެތެރެކުރާ  އަދި ރާއްޖޭގައި އުފައްދާ ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ މެޑިކަލް ޑިވައިސްތައް އިންޕޯޓްކުރުމަށާއި އެކްސްޕޯޓްކުރުމަށާއި، އަދި ވިޔަފާރިކުރުމަށްޓަކައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތްތައް އެހެން މުވައްޒަފުން ލައްވާ ކުރުވުން.
  5. ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ މެޑިކަލް ޑިވައިސްތައް ބޭނުންކުރުމަށް ދޫކުރަންޖެހޭ ހުއްދަ ދޫކުރުމާއި ހުއްދަ ބާޠިލްކުރުމާއި ރައްކާތެރިކަމާއި ފެންވަރު ހިފެހެއްޓުމަށް (ކޮލިޓީ އެޝުއަރެންސް) ކުރަންޖެހޭ ކަންތައްތައް ވިލަރެސް ކުރުން.
  6. ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކާއި ރޭޑިއޭޝަން އެމިޓިންގ މެޑިކަލް ޑިވައިސްތަކަށް ޢާންމު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރުމާއި ކުރުވުން.
  7. ރާއްޖެއަށް އެތެރެކުރާ، ރާއްޖެއިން ބޭރުކުރާ، ރާއްޖޭގައި އުފައްދާ، އަދި ރާއްޖޭގައި ބޭނުންކުރާ، ބޯފެނާއި، ކާބޯތަކެއްޗާއި، ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ މެޑިކަލް ޑިވައިސްތަކާއި، އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތައް ތަޙުލީލުތައްކުރުމުގެ ޚިދުމަތްތައް ވިލަރެސް ކުރުން.
  8. ރާއްޖެއަށް އެތެރެކުރާ، ރާއްޖޭގައި އުފައްދާ، އަދި ރާއްޖޭގައި ބޭނުންކުރާ، ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ މެޑިކަލް ޑިވައިސްތަކާއި، އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތައް އުފައްދާ، ތަޙުލީލުކުރާ، ގުދަންކުރާ އަދި ވިއްކާ ތަންތަން  ޗެކުކުރުމާއި ސަރޓިފައިކުރުމުގެ މަސައްކަތްތައް ވިލަރެސް ކުރުން.
  9. ރާއްޖެއިން ބޭރުކުރާ، ރާއްޖޭގައި އުފައްދާ، އަދި ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗާއި ފުޅީގައި ބަންދުކުރެވޭ ފެން އުފައްދާ ތަންތަނާއި ތަޙުލީލުކުރާ ތަންތަން ޗެކުކުރުމާއި ސަރޓިފައިކުރުމުގެ މަސައްކަތްތައް ވިލަރެސް ކުރުން.
  10. ރާއްޖެއިން ބޭރުކުރާ، ރާއްޖޭގައި އުފައްދާ، އަދި ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗާއި ފުޅީގައި ބަންދުކުރެވޭ ފެން އުފައްދާ ތަންތަނާއި ތަޙުލީލުކުރާ ތަންތަން ޗެކުކުރުމާއި ސަރޓިފައިކުރުމުގެ މަސައްކަތްތައް ވިލަރެސް ކުރުން.
  11. ރާއްޖެއިން އެކްސްޕޯޓްކުރާ ކާބޯތަކެތި ސަރޓިފައިކުރާ ކޮންޕީޓަންޓް އޮތޯރިޓީގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  12. ކާބޯތަކެއްޗާއި ބޭސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ހުއްދަ ދޫކުރުމާއި، ކާބޯތަކެއްޗާއި ބޭސް ބަލައި ފާސްކުރާ ފަރާތްތައް (އިންސްޕެކްޓަރުން) ތަމްރީނުކުރުމާއި ލައިސަންސް ދޫކުރުމާއި އެފަދަ ފަރާތްތަކުގެ ފެންވަރު ބެލުމަށް ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުން.
  13. އޮތޯރިޓީގެ މަސައްކަތާ ގުޅުންހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމަށް ބައިނަލްއަޤްވާމީގޮތުން އުފައްދާފައިވާ "ކޯޑެކްސް އެލިމެންޓޭރިއަސް ކޮމިޝަން" ގެ ފޯކަލް ޕޮއިންޓެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރުން.
  14. ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާބެހޭގޮތުން ޢާންމުންނަށް ކޮންމެހެން އަންގަންޖެހޭ ކަންތައްތައް އަންގައި، ޢާންމުންގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތްތައް ވިލަރެސް ކުރުން.
  15. ޙިދުމަތްތައް ތަރައްޤީކޮށް ފުރިހަމަކުރުމަށް ދާއިމީގޮތެއްގައި މަސައްކަތްކުރުމާއި، ދެވޭ ޙިދުމަތްތަކަކީ ފުއްދުންތެރި އަދި އެންމެ ފުރިހަމަގޮތުގައި ދެވޭ ޙިދުމަތްތަކަކަށް ހެދުން.
  16. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން އަދި ސިއްޙީ އެމަޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ފެށިގެން މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެނަލިޓިކަލް ކެމިސްޓްރީ
  2. ބަޔޯކެމިސްޓްރީ
  3. ބަޔޯޓެކްނޮލޮޖީ
  4. ފުޑް ކެމިސްޓްރީ
  5. ފުޑް ހައިޖީން
  6. ފުޑް ލޯ
  7. ފުޑް މައިކްރޯބަޔޮލޮޖީ
  8. ފުޑް ސޭފްޓީ
  9. ފުޑް ސައިންސް
  10. ފުޑް ޓެކްނޮލޮޖީ
  11. ފުޑް ޓޮކްސިކޮލޮޖީ
  12. މައިކްރޯބަޔޮލޮޖީ
  13. ފާމަސީ
  14. ކޮލިޓީ މެނޭޖްމަންޓް

މަގާމުގެ މަސައްކަތު ދާއިރާތައް:

  1. ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   https://www.csc.gov.mv/download/2021/51/7f22c518-63f5-44c3-a398-944ce57c1b56.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (%30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5)
  3. ކޯ ޑިސިޕްލިންގެ ސެޓްފިކެޓް (%5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 15)
  6. ޕްރެޒެންޓޭޝަން (% 10)
  7. އިންޓަރވިއު (%30)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 2022 މޭ 25 އާ 2022 ޖޫން 16 އާ ދެމެދުއެވެ. އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން  ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307323 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.  

12 މޭ 2022
ހޯދާ