މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރުގެ ގޯތިތަކުގެ ނަންބޯޑު ހަރުކުރުމާއި ގުޅޭ

                          މޯލްޑިވްސް  ބިއުރޯ  އޮފް  ސްޓެޓިސްޓިކްސްއިން  ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މިއަހަރުގެ މަސައްކަތް 17 ސެޕްޓެމަބަރް 2022 ވަނަދުވަހު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ތަފާސްހިސާބު ބެލުމަށް، ގޭގެއަށް ޒިޔާރަތް ކުރަމުން ގެންދާއިރު ގޯތިތައް ދެނެގަތުމަށްޓަކައި ގޯތީގެ ނަން ފަސޭހައިން ކިޔަން އެނގޭނެގޮތަށް ޖަހާފައި ހުރިކަން ކަށަވަރުކުރަންޖެހެއެވެ. އަދި ގޯތިދޫކުރުމުގެ އުސޫލުގައި ވެސް ގޯތީގެ ނަންބޯޑު ޖެހުމަކީ ލާޒިމްކޮށްފައިވާ ކަމެކެވެ.

                    އެހެންކަމުން ރ. އުނގޫފާރުގައި ނަންބޯޑު ހަރުކޮށްފައި ނެތް ގޯތި ތަކުގައި 31 އޮގަސްޓް 2022ގެ ނިޔަލަށް ނަންބޯޑު ހަރުކުރުމަށް ދަންނަވަމެވެ. އަދި ގޯތީގެ ނަން ބޯޑު ހަރުކުރާ އިރު، ގޯތީގެ ނަން ފަސޭހައިން ކިޔަން އެނގޭނެގޮތަށް ޖަހާފައި ހުރުމާއި ރަޖިސްޓަރީކޮށްފައިވާ ނަން ޖެހުމަށް ސަމާލުކަންދޭންވާނެއެވެ. ގޯތީގެ ނަންޖެހުމުގައި ރަޖިސްޓަރީ ކޮށްފައިނުވާ ނަމެއް ނުވަތަ ރަޖިސްޓަރީގައިވާ ނަމަށް ނަންބަރެއް އިތުރުކޮށް ޖެހުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

                    ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ . 

12 މޭ 2022
ހޯދާ