ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2022 އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް ހުޅުވައިލުން

   11 ޖޫން 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 11 މޭ 2022 ވާ ބުދަ ދުވަހުން ފެށިގެން 26 މޭ 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

   އެހެންކަމުން، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށްޓަކައި، ކަނޑައެޅިފައިވާ ފޯމް: https://forms.office.com/r/yz4VK5UBKF މެދުވެރިކޮށް، 26 މޭ 2022 ވާ ބުރާސްފަތި ދުވަހުގެ 23:59 އާ ހަމައަށް ބާ ކައުންސިލުގައި ރަޖިސްޓަރކުރެއްވުން އެދެމެވެ.

ނޯޓް: ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް 11 ޖޫން 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަގޮތުން ބާއްވާ ޢާންމު ޖަލްސާ އޮންނަ ވަގުތު ބާ ކައުންސިލަށް ހާޟިރުވެ ޖަލްސާގައި ބައިވެރިވުމުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 30 ފަރާތަށެވެ.

11 މޭ 2022
ހޯދާ