އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރުކުޅޭ ދަނޑުތަކާއި ގުޅޭ

            އދ. އަތޮޅުކައުންސިލްއިން އިސްނަގައިގެން ކޮންމެ އަހަރަކު ޖުލައި މަހު ބާއްވާ އަތޮޅު މުބާރާތްތައް މިހާރުވަނީ ފާސްކޮށް މުބާރާތްތައް އިއުލާން ކުރެވިފައެވެ. މިގޮތުން މިއަހަރު އަންހެން ކަނބަލުންގެ ކުޅިވަރެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ވޮލީ ބޯޅައެވެ. އަދި ފިރިހެން ބޭފުޅުންގެ ކުޅިވަރެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ފުޓްބޯޅައެވެ. އެހެންކަމުން މުބާރާތައް ޕްރެކްޓިސް ކުރުމަށް  މިރަށުގައި ފުޓްބޯޅަ އަދި ވޮލީ ކުޅެމުންދާ ކޯޓްތަކުގައި ކުޅިވަރު ކުޅެން ހަމަޖެހިފައިވާގޮތްތަކަށް ވަނީ ބަދަލުގެނެވިފައެވެ. ކޯޓްތަކުގައި ކުޅިވަރު ކުޅެން ހަމަޖެހިފައިވާ ގޮތްތައް ތިރީގައިއެވަނީއެވެ.

އަންހެން ކަނބަލުންގެ ވޮލީ: ޔޫތު ސެންޓަރ ކޯޓް  ހަވީރު 16:00އިން 18:00ށް

ފިރިހެން ބޭފުޅުންގެ ފުޓްބޯޅަ: ކުޅިވަރު އެކުވެނި (ޓާފް ދަނޑު) ރޭގަނޑު 20:15އިން 00:00އަށް

 

          ވީމާ، މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި ކުޅިވަރު ކުޅެމުން ގެންދިއުމަށް ދަންނަވަމެވެ. އަދި ކުޅިވަރު އެކުވެނި ޓާފް ދަނޑުގައި ކުރިއެކޭވެސް އެއްގޮތައް ކައުންސިލުން ފާސްކޮއްފައިވާ އުސޫލްއާއި އެއްގޮތަށް މެޗް ކުޅެން ނަގާ ޓީމް ތަކަށް މެޗް ކުޅުމުގެ ފުރުސަތު އޮތްވާހަކަ ދަންނަވަމެވެ. އަދި 12 މެއި 2022އިން ފެށިގެން މުބާރާތް ނިމެންދެކަން ކަނބަލުންނަށް ހޭންޑް ބޯލް މެޗް ކުޅެން ހަމަޖެހިފައިވާ ރޭގަނޑު 10:30އިން 11:30އަށް ދަނޑު ދޫކުރަން ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ފިރިހެން ބޭފުޅުންނަށް ވޮލީ އަދި އަންހެން ކަނބަލުންގެ ހޭންޑް ބޯލް ކުޅެވޭނެ އިންތިޒާމެއް ކައުންސިލުން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ.

11 މޭ 2022
ހޯދާ