ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް

ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

މިސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ތިރީގައި މިދަންނަވާ ސްޓަޑީގައިޑްތައް ލިޔުމަށް ކުރެވުނު ނަންބަރު IUL)COL/1/2014/27)ފ(20 އޮގަސްޓު 2014) އިޢުލާނަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އެމަސައްކަތްތަކަށް އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ސްޓަޑީގައިޑު ލިޔަން ބޭނުންވާ މާއްދާތަކަކީ:

  1. ކޯޓް މެނޭޖްމަންޓް އެންޑް ކޭސް މެނޭޖްމަންޓް (MGT127)

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްލަން ބޭނުންނަމަ އޮފީސް ގަޑީގައި 3345192 އަށް ގުޅުން އެދެމެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ