ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާއްމު ޖަލްސާ 2022

އިޢުލާން

އަހަރީ ޢާއްމު ޖަލްސާ 2022

 

10 މެއި 2022 ވީ އަންގާރަ ދުވަހުގެ ރޭ 21:00 ގައި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް ސެމިނާރ ރޫމް (ހެންވޭރު ބޯޅަގެ 3 ވަނަ ފަންގިފިލާ) ގައި ބޭއްވުމަށް ކަނޑައެޅުނު މިއެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ބޭނުންވާ ފަރުދީ މެމްބަރުންގެ ކޯރަމް ހިންގާ ޤަވާޢިދުގެ 33(ތިރީސް ތިނެއް) ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ހަމަނުވުމާއި ގުޅިގެން ވަނީ ލަސްކުރެވިފައެވެ.

10 މެއި 2022 ވަނަ ދުވަހުގެ ރޭ ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2022 ވަނަ އަހަރުގެ 1 ވަނަ ކުއްލި ބައްދަލުވުމުގައި ހިންގާ ޤަވާޢިދުގެ 33(ތިރީސް ތިނެއް) ވަނަ މާއްދާގެ (ބ) ގައި ވާގޮތުގެ މަތިން، އަހަރީ ޢާންމު ޖަލްސާ 12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:15 ގައި، ސޯޝަލް ސެންޓަރ ސެމިނަރ ރޫމްގައި ބޭއްވުމަށް ކަނޑައަޅާފައިވާކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަންގެ ނަންބަރު 3314057 ފޯނަށް، ހެނދުނު 9:00 އާއި މެންދުރު ފަހު 13:00 އާ ދެމެދު ގުޅުންވުން އެދެމެވެ.

11 މޭ 2022
ހޯދާ