ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު – އެސިސްޓެންޓް ޑިރެކްޓަރ

ހއ. އަތޮޅު ހޮސްޕިޓަލް

ހއ.ދިއްދޫ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު – އެސިސްޓެންޓް ޑިރެކްޓަރ

 

(IUL)HAAH/HAAH/2022/11

އިޢުލާނު

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-284890

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ އަތޮޅު ހޮސްޕިޓަލް / ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް

މުސާރަ:

7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ސަޕޯރޓިން ކޯ އެލަވަންސް:

900.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރިސްކުއެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ހެލްތް މާސްޓަރ ޕްލޭނާއި، މިނިސްޓްރީގެ ސްޓްރެޓޖިކް ޕްލޭނުގެ މައްޗަށް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީމަރުކަޒުތަކުގެ ޢަމަލީ މަސައްކަތްރާވާ ހިންގުމާއި ލަނޑުދަނޑިތައް ޙާސިލުވާނޭގޮތަށް ހޮސްޕިޓަލުގެ މަސައްކަތްތައްރާވާ ހިންގުން.

2-      ހޮސްޕިޓަލުގެ އިދާރީ ހިންގުމުގެ އެންމެހާ ކަންތައްތައް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ރާވާ ހިންގާ ބެލެހެއްޓުމާއި، ގިންތި ކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ ކަންކަން އެކުލަވާލާފައިވާ އޮނިގަނޑާ އެއްގޮތަށް މަސައްކަތްތައް ރާވާ މުވައްޒަފުންނާއި މަސައްކަތްތައް ޙަވާލުކުރުމާއި މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުން.

3-      އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން އާއްމު ޞިއްޙަތުގެ ޕްރޮގްރާމްތަކާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގެ މަސައްކަތް ހިނގާނުހިނގާގޮތް ބަލައި މޮނިޓަރ ކުރުމާއި ހޮސްޕިޓަލުން ދެވޭ ސްޕެޝަލިސްޓް ޚިދުމަތްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމަށް އައުޓްރީޗް ޕްލޭނެއް އެކުލަވާލާ އެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

4-      ހޮސްޕިޓަލުގެ ކިއުރޭޓިވް އެންޑް ޕްރިވެންޝަން ސާވިސް ގެ ދަށުން ހިންގާ ސެކްސްޝަންތަކުގެ މަސައްކަތްތައް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ރާވާ ހިންގުން

5-      ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގައި ބޭނުންކުރެވޭ އުޅަދު ފަހަރާއި އެއްގަމު ވެހިކަލްތައް މިނިސްޓްރީ އިން ހަމަޖައްސަވާފައިވާ އުސޫލުތަކާއި އެއްގޮތަށް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ޚިދުމަތްތައް ފޯރުކޮށް ދިނުން.

6-      އަތޮޅުގައި ހުރި ޚިދުމަތްދެވޭ މަރުކަޒުތަކުގެ މަސައްކަތްތައް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން މޮނިޓަރކޮށް ފީޑްބެކް ދިނުން

7-      ޞިއްޙީ މައްސަލަތަކާއި ގުޅިގެން ދިމާވާ މެޑިކޯލީގަލް ކަންތައްތައް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާއާއި މިނިސްޓްރީގެ މަޝްވަރާގެމަތިން ކުރިއަށްގެންދިއުމާއި، ހުށަހެޅޭ މައްސަލައަކާ ގުޅޭ ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން

8-      ހޮސްޕިޓަލުގެ ތަފާސް ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުމާއި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުން

9-      ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ހޮސްޕިޓަލުގެ އިންވެންޓްރީ އާއި ސްޓޮކްތައް ( މެޑިކަލް، ޖެނެރަލް ) ކަނޑައަޅާފައިވާ ގަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން

10-  ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން އަހަރީ ބަޖެޓް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުމާއި އެއަހަރަކަށް ޚަރަދު ކުރުމަށް ލިބިފައިވާ ބަޖެޓު މެނޭޖް ކުރުމާއި ޚަރަދު ރިޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް މިނިސްޓްރީއަށް ފޮނުވުމާއި، ދައުލަތުގެ މުދަލާއި ފައިސާ އާ ބެހޭކަންކަން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން

11-  ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީޚިދުމަތްދޭ މަރުކަޒުތަކުގެ މައުލޫމާތުތައް މިނިސްޓްރީން އަންގާ ގޮތެއްގެމަތިން ކުރެވެމުންދޭތޯ ބަލާ މޮނިޓަރ ކުރުމާއި އަދި އިމާރާތާއި ގޯތީގެ މުއާމަލާތްތައް ކުރުމުގައި މިނިސްޓްރީގެ ލަފާ ލިޔުމުން ހޯދުމަށްފަހު ކުރިއަށް ގެންދިއުން.

12-  ދިވެހި ސިވިލްސާރވިސަސްގެ ޤަވާޢިދުތަކާއި މިނިސްޓްރީއިން ކަޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންގެ ވަޒީފާއާއި ބެހޭ އެންމެހާ ކަންތައްތައް ކުރުން

13-  މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތްތައް ދިވެހި ސިވިލް ސާރވިސަސްގެ ޤަވާޢިދާއި އެއްގޮތަށް ކުރުން.

14-  ހޮސްޕިޓަލް ހިންގެވުމާއި ހަވާލުހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ގުޅިގެން ކާބޯތަކެތި ވިއްކާ ތަންތަނާއި ފިހާރަތަކުންދޭ ޚިދުމަތްތައް ކަނޑައަޅާފައިވާ ޞިއްޙީ މިންގަނޑުތަކާ އެއްގޮތައްތޯ ބެލުމަށް އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް ތަންފީޒު ކުރުން.

15-  ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ ޒިންމާތައް އެ މަރުކަޒަކަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ، އެ ފަރާތާ ގުޅިގެން އެ ފަރާތުގެ މަޝްވަރާއާއެކު، ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުރުން

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

މަގާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

މަގާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން. 

 

މަގާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

މަގާމުގެ ތައުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަގާމުގެ ކޯ ޑިސިޕްލިން: ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިހޮސްޕިޓަލްގެ އިދާރީ އޮފީހުގެކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލްކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (2ވަނަ އިސްލާޙް) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މެއި 2022 ވާ ( ބުރާސްފަތި ) ދުވަހުގެ ގެ 14:00 ގެ ކުރިން، ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓް ކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 25 މެއި 2022 އާއި 25 ޖޫން 2022 އާއި ދެމެދު ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500053 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

11 މޭ 2022
ހޯދާ