ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ވ.ތިނަދޫ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

ވ.ތިނަދޫ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ވ.ތިނަދޫ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 17 ވާ ބުދަ ދުވަހުގެ 2:00 އަށް މި ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ސެޕްޓެންބަރު 22 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މަސައްކަތް ކޮށްދޭނެއަގު (އެސްޓިމޭޓް) ހިއްޕަވައިގެން ކައުންސިލުގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މިމަސައްކަތުގެ މުއްދަތަކީ 01 އޮކްޓޫބަރު 2014 އިން 30 ސެޕްޓެންބަރ 2015 އަށެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވ.ތިނަދޫ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި" މިހެންލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނުނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ. ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާނަމަ އެމީހަކީ ކާކުކަން އެނގޭފަދަ ލިއުމެއް ހުށަހަޅުއްވަންވާނެއެވެ.

އަންދާސީހިސާބު ހުޅުވުން:

އަންދާސީހިސާބު ހުޅުވުން އޮންނާނީ 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ވ.ތިނަދޫ ކައުންސިލުގެ އިދާރާގައި އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. ނަމަވެސް އިވެލުއޭޓް ކޮމެޓީއިން ބެލުމަށްފަހު ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށްފަހު އަންދާސީހިސާބުގެ އެއްވެސް ލިއުމަކަށް އުނިއިތުރެއް ނުގެނެވޭނެއެވެ.

މާކްސް ދެވޭ ގޮތްތައް:

#

މާކްސް

މާކްސްދެވޭ މިންގަނޑުތައް

ތަފުސީލު

01

70%

އަގު

އެންމެ ގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑަ އަގަށް

02

30%

ތަޖުރިބާ

ކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް

މާކްސް ދެވޭގޮތުގެ ތަފުސީލު:

01 ބިޑް އިވެލުއޭޓް ކުރާނީ މިކައުންސިލުން ޢައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.

02 ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.

03 ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ. 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ