މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދިވެހި އަމިއްލަ ރާގުގެ ލަވަ، ލައިވްކޮށް ރާއްޖޭގެ ސްޓޭންޑްގައި ކުޅެދޭނެ ދިވެހި 2 މީހުންގެ ބޭންޑެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ޗައިނާގެ ޝަންގހާއީގައި 2014 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 13 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސީ.އައި.ޓީ.އެމް ފެއަރގައި ރާއްޖެ ތަމްސީލު ކުރުމަށް ދިވެހި އަމިއްލަ ރާގުގެ ލަވަ، ލައިވްކޮށް ރާއްޖޭގެ ސްޓޭންޑްގައި ކުޅެދޭނެ ދިވެހި 2 މީހުންގެ (ޓޫ ޕީސް) ބޭންޑެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަނަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ކަމުގެ ހުނަރާއި ތަޖުރިބާ ބަޔާންކޮށް ޕްރޮފައިލަކާއެކު މިކަމަށް ތައްޔާރުވުމަށް ޚަރަދެއް ހިނގާނަމަ އެ ޚަރަދެއްގެ ތަފުސީލު ބަޔާންކުރެވިފައި އޮންނަންވާނެއެވެ. ރާއްޖެއިން ބޭރުގައި ހުރުމާއި ކެއުމާއި އަދި ދެކޮޅު ޓިކެޓް މި ކޯޕަރޭޝަނުން ހަމަޖައްސައިދޭނެއެވެ.

16  ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ