ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ލީގަލް ސަރްވިސް ސެކްޝަން)

މި އިޢުލާންވަނީ 10 މޭ 2022 15:24 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް:             ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ލީގަލް ސަރްވިސް ސެކްޝަން)

މަޤާމުގެ ބާވަތް:          ދާއިމީ

ޢަދަދު:              01

މުސާރަ:             7500/-

ޢިނާޔަތް:          

     ސަރވިސް އެލަވަންސް:  -/2000

     ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ސެކްޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
  2. ސެކްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުން.
  3. ސެކްޝަންގެ އެންޓްރީ އަދި އެހެނިހެން ލިޔުންތައް ސެކްޝަނާ ހަވާލުވެ ހުންނެވި ވެރިއަކަށް ފޯރުކޮށްދިނުމާއި، ލިޔެކިޔުންތައް ކަމާބެހޭ ފަރާތްތަކަށް ޙަވާލުކުރުން.
  4. ސެކްޝަނަށް ލިބޭ ލިޔެކިއުންތަކަށް ޤަވާޢިދުން ފިޔަވަޅު އެޅުން.
  5. ޖަލްސާތަކާއި އެޕޮއިންޓްމަންޓްތައް އަދި ބައްދަލުވުންތައް އިންތިޒާމްކުރުމާއި ޔައުމިއްޔާކޮށް ބެލެހެއްޓުން.
  6. ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަލަހައްޓަންޖެހޭ ތަފާސްހިސާބުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކުގެ މަސްދުވަހުގެ ރިޕޯޓު ތައްޔާރުކޮށް ބެލެހެއްޓުމާއި، އެ މަޢުލޫމާތު އިދާރީ ސެކްޝަނަށް ދިނުން.
  8. ޑިސްޕެޗްކުރަން ޙަވާލުކުރާ ސިޓީތަކާއި ލިޔުންތައް ޑިސްޕެޗް ކުރުން.
  9. ސެކްޝަނަށް އަންނަ ލިޔުންތަކާއި ސެކްޝަނުން ފޮނުވާ ލިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  10. ގެޒެޓް ކުރެވެމުންދާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދުން.
  11. ޓްރައިބިއުނަލްއަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓްތައް ތައްޔާރުކުރުން.
  12. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކުރުން.
  13. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަ ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޞްލާޙުކުރަންޖެހޭ ފޯމުތައް ރަޖިސްޓްރާރގެ އިރުޝާދުގެ ދަށުން އިޞްލާޙުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  14. ރަޖިސްޓްރާރގެ ލަފާގެ މަތިން ނިންމަވަންޖެހޭ އެންމެހައި ކަންތައްތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.
  15. ޓްރައިބިއުނަލް އޮފިސަރުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  16. ރަޖިސްޓްރަރ ކަނޑައަޅާ ގޮތެއްގެ މަތިން ޓްރައިބިއުނަލަށް ހުށަހެޅޭ އެންމެހާ މައްސަލަތަކުގެ ޑާޓާބޭސް އަދާހަމަކުރުން.
  17. މައްސަލަތަކާ ގުޅިގެން ޗުއްޓީ ހޯދުމަށް އެދޭ ފަރާތްތަކަށް ޗުއްޓީ ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ސެކްޝަން އިން ތައްޔާރުކުރާ ޗުއްޓީއަށް އެދިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޝީޓު ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން.
  18. ކޮންސިލިއޭޝަން ބައްދަލުވުންތައް ބޭއްވުމުގައި ރަޖިސްޓްރަރ އަށް އެހީތެރިވެދިނުން.
  19. މައްސަލަ ހުށަހަޅާ ފޯމުތަކުގެ ތެރެއިން ލިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން އެންޓްރީ ނުކުރެވި ލަސްވާ މައްސަލަތަކުގެ މަޢުލޫމާތު ސާފުކޮށް ދުވަހުން ދުވަހަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  20. ޓްރައިބިއުނަލަށް ހުށަހެޅި ރަޖިސްޓްރީ ކުރެވިފައިނުވާ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާ ސިޓީތަކަށް ރަޖިސްޓްރަރގެ އިރުޝާދުގެ މަތީން ފިޔަވަޅުއެޅުން.
  21. ޓްރައިބިއުނަލަށް ހުށަހެޅި ރަޖިސްޓްރީ ކުރެވިފައިނުވާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ކުރަންޖެހޭ މުޢާމަލާތް ކުރުން.
  22. ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ ފައިލްތައް ތައްޔާރުކުރުން.
  23. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ކަލަންޑަރު ތައްޔާރު ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތައްތައް ކުރުން.
  24. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއިގުޅޭ އެންމެހާ އިދާރީ މަސައްކަތްކުރުން.
  25. އަޑުއެހުންތަކުގެ ތާވަލު ތައްޔާރުކުރުން.
  26. ޓްރައިބިއުނަލަށް ބަލައި ނުގަތުމަށް ނިންމާ މައްސަލަތައް ސަބަބު ބަޔާންކޮށް ނިންމުން ތައްޔާރުކޮށް، މައްސަލަ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމާއި، ޓްރައިބިއުނަލަށް ބަލައިގަނެވޭ މައްސަލަތައް މެންބަރުންނަށް ޙަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.
  27. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓް ރައްދު ކުރުމުގެ ކަންތައް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް، އެކަން ރަނގަޅަށް ކުރިއަށްދާކަން ބަލާ ޔަޤީންކުރުން.
  28. ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއިއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި އެހީތެރިވެދިނުން.
  29. ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު އާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކޮށް، އެފަދަ ކަންކަން ރާވާ ހިންގުމަށް އެހީތެރިވެދިނުން.
  30. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީތަކުގެ ދަފްތަރު ބެލެހެއްޓުން.
  31. ކޯޓްތައް މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ޓްރައިބިއުނަލަށް އެ ކޯޓަކުން ފޮނުވަމުންދާކަން ކަށަވަރުކުރުން.
  32. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ ނިންމުންތައް އާންމުކޮށް ފެންނަން ހުންނާނެހެން ވަޒީފާއަބެހޭ ޓްރައިބުއުނަލަށް ދުވަހުން ދުވަހަށް އަޕްލޯޑް ކުރެވުމުންދާކަން ކަށަވަރުކުރުން.
  33. މައްސަލަތަކާ ގުޅިގެން ބޭއްވޭ އަޑުއެހުންތަކުގެ ތާވަލު އާންމުކޮށް ފެންނަން ހުންނާނެހެން ވަޒީފާއަބެހޭ ޓްރައިބުއުނަލަށް ދުވަހުން ދުވަހަށް އަޕްލޯޑް ކުރެވުމުންދާކަން ކަށަވަރުކުރުން.
  34. ވަޒީފާއާބަހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ތަންފީޒުކުރަމުންދާކަން ކަށަވަރު ކުރުން، އަދި ތަންފީޒުކުރުމަށް ކޯޓަށް ފޮނުވަންޖެހޭ ނިންމުންތައް ކޯޓަށް ފޮނުވުމަށް އިދާރީގޮތުން ކުރުންޖެހޭ އެންމެހައި ކަންތައްތައް ކުރުން
  35. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ އާއްމުމަޖިލީސްގެ ސެކްރެޓްރީގެ މަސައްކަތްކުރުމާއި، މެންބަރުން ބައިވެރިވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން އަދި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  36. ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ދަތުރުތަކުގެ އިންތިޒާމުތައް ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ހަމަޖެއްސުމާއި އެ މަސައްކަތް މޮނީޓަރކުރުން.
  37. ޓްރައިބިއުނަލްގެ ސްޓްރެޖިކް އެކަޝަން ޕްލޭން އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  38. މެންބަރުންގެ ސެކްޓްރީއެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
  39. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުތަކާއި އުސޫލުތައް މުރާޖައާ ކުރުމާއި އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  40. މެންބަރުންގެ ހަޒިރީ ބެލެހެއްޓުން އަދި ހަޒިރީ ރިޕޯޓް ތައްޔާރުކޮށް އެޗް.އާރް ސެކްޝަނަށް ހިއްސާކުރުން.
  41. ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ހިއްސާކޮށް، އަދި އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
  42. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ޓްރައިބިއުނަލް ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.
  43. މިނޫނަސް ޓްރައިބިއުނަލްގެ މަސައްކަތް ހަލުވިކޮށް، ފަސޭހަކުރުމަށްޓަކައި، ކުރަން ކަނޑައަޅާ މަސައްކަތްކުރުން.=

ފެންވަރު ނުވަތަ ޝަރުތު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމެންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ލީގަލް ދާއިރާއިން ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި އެކު އެޑްމިނިސްޓްރޭޝަން ނުވަތަ ޤާނޫނީ ދާއިރާއެއްގައި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމެންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ލީގަލް ދާއިރާއިން ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

 

މި މަޤާމަށް މީހަކު ނެގުމުގައި ވަޒީފާއާބެހޭ ޤާނޫނާގުޅޭ ދާއިރާއިން ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  

އެހެނިހެން:

    • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
    • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
    • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 18 މެއި 2022 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ޓްރައިބިއުނަލުގެ ރަސްމީ ވެބްސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،
  3.  އައި.ޑީ ކާޑުގެ ކޮޕީ،
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

10 މޭ 2022
ހޯދާ