ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯޑްވާދިނަސް ސެންޓަރުތަކަށް ހުއްދަ ކައުންސިލްތަކުން ދިނުމާއި ގުޅޭ

                މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން 14 ޖޫން 2021 ން ފެށިގެން ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން ރޯޑްވާދިނަސް ސެންޓަރުތަކަށް ހުއްދަ ދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
                އެހެންކަމުން ރޯޑްވާދިނަސް ދޫކުރުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކުން ސިޓީއަކުން މި އިދާރާއަށް އެކަން އެންގެވުން އެދެމެވެ. ސިޓީ އާއިއެކު ގަރާޖުގެ ރަޖިސްޓަރީ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. ރޯޑްވާދިނަސް ސެންޓަރުތަކަށް ހުއްދަ ދެވޭނީ ކައުންސިލާއި ރޯޑްވާދިނަސް ސެންޓަރާއި ދެމެދު އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރުމަށް ފަހުގައެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

10 މޭ 2022
ހޯދާ