އިހައްދޫ ސުކޫލް
ދިވެހިރާއްޖެ
އިހައްދޫ ސްކޫލްގެ އޮފީސް ބައިގެ ކޮންކްރިޓް ޝީޓް މަރާމާތުކުރުން

އިޢުލާން

އިހައްދޫ ސްކޫލްގެ އޮފީސް ބައިގެ ކޮންކްރިޓް ޝީޓް މަރާމާތުކުރުން

މި ސްކޫލްގެ އޮފީސް ބައިގެ މަތީ ކޮންކްރިޓް ޝީޓް ފަޅައިގެން ގޮސް އޭގެ ބައިތަށް އޮފީސްތެރެއަށް ވެއްޓެމުންދާތީ އެކަން ހައްލުކުރަން ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޓެކްނިކަލް ގޮތުން މިކަން ކުރެވެން  އޮތް އެންމެ ރަނގަޅުގޮތެއް ނުވަތަ ގޮތްތަކެއް މަޢުލޫމާތާއެކު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕޮރަޕޯސަލްގައި މިކަން ކުރެވިދާނެ ގޮތްތަކުގެ މަޢުލޫމާތާއި، އެގޮތަށް އެމަސައްކަތް ކުރާނަމަ މަސައްކަތުގެ އަގު އަދި މަސައްކަތުގެ މުއްދަތު ހިމަނުއްވަންނާނެއެވެ.

މަސައްކަތާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ: 15 ސެޕްޓެންބަރު 2014 (ހޯމަ) ދުވަހު ހެނދުނު 10:00 ގައި ސްކޫލް އޮފީހުގައި.

ޕްރަޕޯސަލް ބަލައިގަތުން އޮންނާނީ:24 ސެޕްޓެންބަރު 2014 (ބުދަ) ދުވަހު ހެނދުނު 10:00 ގައި ސްކޫލްގެ އޮފީހުގައި.

07 ސެޕްޓެންބަރު 2014
ހޯދާ