ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ހުޅުމާލޭގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ 6 ފަންގިފިލާގެ "އެސްއެމްއީ ޕާކް" ޑިޒައިން އެންޑް ބިލްޑް އުސޫލުން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހުޅުމާލޭގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ 6 ފަންގިފިލާގެ "އެސްއެމްއީ ޕާކް" (5,006 އަކަފޫޓު) ޑިޒައިން އެންޑް ބިލްޑް އުސޫލުން އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި ކޯޕަރޭޝަނުން ކުރި ނަންބަރު BCC/PRC/2022/17 ފުރަތަމަ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާނު ބާތިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

އެސްއެމްއީ ޕާކަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމާއެކު ބީސީސީ އިން އިމާރާތްކުރަން ނިންމައިފައިވާ ތަނެކެވެ. އެސްއެމްއީ ޕާކުގައި،  މޭކަރ ސްޕޭސްތަކާއި، ހެޔޮ އަގެއްގައި ލިބޭނޭ ސްޓޯރޭޖް ޔުނިޓު ތަކުގެ އިތުރުން ދިވެހިންގެ އުފެއްދުންތައް ރަނގަޅުފެންވަރެއްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓުތަކަށް ނެރުމަށްޓަކައި، ޕެކޭޖިންގ ފެސިލިޓީއެއް ގާއިމް ކުރެވިގެންދާނެއެވެ. މިގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުން އުފައްދާ ތަކެތިން، 'ވެލިއު އެޑެޑް' އުފެއްދުންތައް އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތްވާގޮތުގެ މަތިން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުއްވުން އެދެމެވެ.

 

މައުލޫމާތު ސާފުކުރުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މ. ކަނީރުވިލާ، އޯކިޑް މަގު (ފުރަތަމަ ފަންގިފިލާ)

ހޯމަ

16 މޭ 2022

10:00

 

އަންދާސީ ހިސާބު

ހުށަހެޅުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މ. ކަނީރުވިލާ، އޯކިޑް މަގު (ފުރަތަމަ ފަންގިފިލާ)

އާދީއްތަ

12 ޖޫން 2022

10:00

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

ފުރަތަމަ ފަންގިފިލާ، މ.ކަނީރުވިލާ، އޯކިޑް މަގު، މާލެ

ފޯން: 3305555, 3010613

އީމެއިލް: [email protected]

 

09 މޭ 2022
ހޯދާ