ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮމިއުނިޓީ މޮނިޓަރިންގް އެސިސްޓަންޓް

ކޮމިޔުނިޓީ މޮނީޓަރިންގް އެސިސްޓެންޓް
މުނިސިޕަލް ސާރވިސަސް


ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: ޑިއުޓީ އުސޫލުން

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:
- ހުއްދަ ނަގައިގެން މަސައްކަތް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި އަދި މަސައްކަތް ކުރާ ފަރާތުން މަސައްކަތްކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބަލައި ޗެކުކުރުން.
- އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ރައްކާތެރިކަމާއި ކަނޑައެޅިފައިވާ އުސޫލްތަކާއި އެއްގޮތަށްތޯ ބެލުން.
- އެޗް.ޑީ.ސީ ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލްތަކާއި އެއްގޮތަށް ބީޗްފްރޮންޓް އަދި އެހެނިހެން ހަރަކާތްތަކާއި އިވެންޓްތައް ކުރިއަށްދޭތޯ ބަލާ ޗެކްކޮށް ރިޕޯޓް ކުރުން.
- އެޗް.ޑީ.ސީ އިން ހުއްދަދީގެން ޕޭވްމަންޓް ގައު ނަގައިގެން ކުރާ ހުރިހާ މަސައްކަތެއް އިންސްޕެކްޓް ކޮށް ބެލެހެއްޓުން.
- މަގު މަތީގައި ހުންނަ ޖަންގްޝަން ފަދަ ތަންތަނަށް ދިމާވާ މައްސަލަ ބަލައި ކަމާއި ގުޅޭ ފަރާތްތަކާއި ގުޅައިގެން އެކަންކަން ހައްލުކުރުން.
- ހުޅުމާލެ ފޭސް 2 ގައި އިންސްޕެކްޝަނާއި ގުޅުން ހުރި އެންމެހާއި ކަންކަން ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
- މުޢާމަލާތު ކުރުމުގެ ހުނަރު
- ސަލާމަތީ ކަންތައްތައް ދަންނަ މީހެއްކަމުގައިވުން.
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (A0 , A1)ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: އަސާސީ މުސާރައާއި އެހެނިހެން އިނާޔަތްތަކާއެކު 11,500.00ރ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 15 މެއި 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: https://jobs.hdc.com.mv/ 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

08 މޭ 2022
ހޯދާ