މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ބޯހިމެނުމަށްޓަކައި ގެތަކުގެ ނަންބޯޑު ހަރުކުރުމާއި ބެހޭ

ޢިޢުލާން

2022 ވަނަ އަހަރުގެ ބޯހިމެނުމަށްޓަކައި ގެތަކުގެ ނަންބޯޑު ހަރުކުރުމާއި ބެހޭ

           މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށްގެންދާ ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މިއަހަރުގެ މަސައްކަތް 2022 ސެޕްޓެމްބަރު 17 ވަނަ ދުވަހު ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޯހިމެނުމުގެ މަސައްކަތް ފެށުމުގެ ގޮތުން މުޅިރާއްޖޭގައި ހުރި ތަންތަނުގެ ލިސްޓިންގއެއް 13 އަދި 14 ސެޕްޓެމްބަރ ގައި ނެގުމަށްޓަކައި ރާއްޖޭގައި ގޭގޭގެ ނަންބޯޑު ހަރުކޮށްފައި ބެހެއްޓުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކައުންސިލްތަކަށް ވަނީ އަންގާފައެވެ.

ވީމާ، ރަސްމާދޫގެ ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ގެއެއްގެ ނަންބޯޑު 2022 ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ކުރިން ބޭރަށް ފެންނާނެހެން އިންފާރު، ދޮރާށި ނުވަތަ ގެއަށް ވަދެވެން އިންނަ ދޮރާ ދިމާލުގައި ހަރުކުރުމަށް ދަންނަވަމެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 މޭ 2022
ހޯދާ