ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ 2022 (ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓް)

                             ނަންބަރު: BAM/IUL/2022/08

އިޢުލާން

އަހަރީ ޢާންމު ޖަލްސާ 2022 (ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓް)

 

މިއެސޯސިއޭޝަންގެ 02 މެއި 2022 ގެ އިޢުލާން ނަންބަރު: BAM/IUL/2022/07 ގައި ވާފަދައިން 01 މެއި 2022 ގައި ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި މި އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 10 މެއި 2022 ވާ އަންގާރަ ދުވަހު ބޭއްވުމަށް ނިންމާ ތާވަލުކޮށްފައިވާކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާންކޮށް ދަންނަވަމެވެ.

 

މި ޖަލްސާގައި ބައިވެރިވެ ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް):

 

  • އެސޯސިއޭޓް މެމްބަރ ( ކްލަބް ) ، އެސޯސިއޭޓް މެމްބަރުންގެ ތެރެއިން  މިއެސޯސިއޭޝަންގެ 02 މެއި 2022 ގެ އިޢުލާން ނަންބަރުBAM/IUL/2022/07  ގައިވާގޮތަށް 31 މާރިޗު 2022 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2021  ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކާފައިވަނީ ޖުމްލަ 13 އެސޯސިއޭޓް މެމްބަރުން (ކްލަބު) އެވެ. ނަމަވެސް ހިންގާ ހިންގާ ޤަވާޢިދުގެ 12(ބާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ފާއިތުވި ދެއަހަރު ތެރޭގައި މިއެސޯސިއޭޝަންގައި ރަޖިސްޓްރީވެ ހަރަކާތްތެރިވެފައިވާ މެމްބަރ ކްލަބް ތަކުގެ ތެރެއިން އަހަރީ ޢާއްމު ޖަލްސާ ގައި ބައިވެރިވެ ވޯޓް ލުމުގެ ހައްޤު ލިބި، ޝަރުތު ހަމަވަނީ ޖުމްލަ 4 (ހަތަރެއް) އެސޯސިއޭޓް މެމްބަރު (ކްލަބް) އެވެ.

 

  1. ކްލަބް ސްޓެޓިކް
  2. ދަ ގްރޫޕް ސްޕޯރޓްސް ކްލަބް
  3. ރިވައިވަލް ސްޕޯޓްސް ކްލަބް
  4. ސީ.އެސް ސްޕޯޓްސް

 

  • ފުރިހަމަ މެމްބަރުން ، އެކްޓިވް ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) ގެ ތެރެއިން ހިންގާ ޤަވާޢިދުގެ 11(އެގާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން  މިއެސޯސިއޭޝަންގެ 02 މެއި 2022 ގެ އިޢުލާން ނަންބަރުBAM/IUL/2022/07  ގައިވާގޮތަށް 31 މާރިޗު 2022 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2021 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް، 2021 ވަނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ކަލަންޑަރ ހުށައަޅާފައިވަނީ ހަމައެކަނި 1 (އެއް) ފުރިހަމަ މެމްބަރު (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) އެވެ.
  1. ނ.ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ

 

  • ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ފަރުދީ މެމްބަރުންގެ ތެރެއިން ހިންގާ ޤަވާޢިދުގެ 13(ތޭރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުން އަދި ހިންގާ ޤަވާޢިދުގެ 16(ސޯޅަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ 18 އަހަރުން މަތީގެ ޕޫލް މެމްބަރުންގެ ތެރެއިން  މިއެސޯސިއޭޝަންގެ 02 މެއި 2022 ގެ އިޢުލާން ނަންބަރުBAM/IUL/2022/07  ގައިވާގޮތަށް 31 މާރިޗު 2021 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕްފީ ދައްކަވާ މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވަނީ ޖުމްލަ 31(ތިރީސް އެކެއް) މެމްބަރުންކަން ވެސް ދަންނަވަމެވެ.

 

މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓް

#

މެމްބަރޝިޕް ނަންބަރު

ނަން

1

0001

އިޝްފާން މުޙައްމަދު

2

0029

މޫސާ މަންސޫރު

3

0049

އާމިނަތު ޢަލީ

4

0068

ޙުސައިން ޢާތިފް

5

0209

ފާތިމަތު ސަޢީދާ

6

0222

މޫސާ ނާޝިދު

7

0314

އަޙްމަދު ޝާކިރު މޫސާ

8

0508

ސިޔާދު ޙަބީބް

9

0516

މުރުޝިދާ ޢަބްދުލް މަންނާން

10

0619

އަޙްމަދު ޝިހާމް

11

0874

އިބްރާހިމް ރަބީތް

12

1585

އަޙްމަދު ފިރާޤް

13

1697

އަޙްމަދު އިޔާދު

14

1732

ޢަބަދުލް މަޖީދު

15

1880

އިމާދު ޢަބްދުލް ޤާދިރު

16

2120

މިޝާލް އިބްރާހިމް މުޙައްމަދު ދީދީ

17

2121

ޔޫޝައު ސަޢީދު

18

2122

އަޙްމަދު އިސްމާޢިލް

19

2340

އިބްރާހިމް ރިޔާޒް

20

2539

މަލަކް ޝާފިއު

21

2573

ޢަބްދުﷲ ޢަޒީޒް

22

2677

އަޙްމަދު އަލީ

23

3010

އަޙްމަދު ސިރާޖް

24

3192

މިންނާ ރަޝީދު

25

3241

އައިޝަތު ޔުމްނާ                    

26

3274

މަރިޔާ ޢަބްދުﷲ

27

3474

އައިމިނަތު ޒީނާ

28

3475

އައިމިނަތު ޙަލީމް

29

3735

މުޙައްމަދު އަޙްމަދު

30

3910

ހަސަން ޢަބްދުލް ޤާދިރު

31

4058

މުޙައްމަދު އަޙްޝަދު

 

މި ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ނަން ލިސްޓް ތަކަކީ 01 މެއި 2022 ގައި ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި މިއެސޯސިއޭޝަންގެ 02 މެއި 2022 ގެ އިޢުލާން ނަންބަރުBAM/IUL/2022/07  އާއި އެއްގޮތަށް ހިންގާ ޤަވާއިދުގައިވާ ގޮތުގެމަތިން ފާސްކޮށް އެގްޒެކެޓިވް ކޮމިޓީއިން އެންޑޯޒްކޮށްފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ނަން ލިސްޓްކަން ދަންނަވަމެވެ.

މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2022/07  ގައިވާގޮތަށް 31 މާރިޗު 2022 ގެ ނިޔަލަށް  2022 ވަނަ އަހަރަށް ފީ ދައްކާފައިވާ މިއެސޯސިއޭޝަންގެ އެސޯސިއޭޓް މެމްބަރ ( ކްލަބް ) އަދި ފަރުދީ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބިދެއެވެ. ނަމަވެސް ކޯރަމްގެ ގޮތުގައި ނުހިމެނޭނެއެވެ.

ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) ގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. ނަންފޮނުވާފައިވާ ފަރާތްތަކުން އިތުރު ބަދަލެއް ގެންނަނަމަ ލަސްވެގެން ޖަލްސާބޭއްވުމުގެ 24 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ.

މެމްބަރުންގެ ލިސްޓާއި ބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންފުޅުނަމަ އެކަމެއް ލިޔުމުން 05 މެއި 2022 ގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށައެޅުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަންގެ ފޯން 3314057  އަށް ހެނދުނު 10:00 އާއި މެންދުރު ފަހު 13:00 އާއި ދެމެދު ގުޅުންވުން އެދެމެވެ.

 

03 މެއި 2022

                                                        

03 މޭ 2022
ހޯދާ