ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ ކޮލަމާފުށިން ދިރިއުޅުމަށް ގޯތި ދޫކުރުމާއިބެހޭ އުސޫލު

ގއ ކޮލަމާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު

ތަޢާރަފް:

1

(ހ)             

މިއުސޫލަކީ ޤާނޫނު ނަންބަރ 1/2002 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުން) ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާޢިދުގެ ދަށުން މޯލްޑިވްސް ލޭންޑް ސަރވޭ އޮތޯރިޓީން ގއ ކޮލަމާފުށީ ކައުންސިލް އިދާރާގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ޞަރަޙައްދުން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގެ ޙުއްދަ ދީފައިވުމާއެކު އެގޯތިތައް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

ނަން:

2

(ހ)

މިއުސޫލަށް ކިޔާނީ "ގއ ކޮލަމާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އެވެ.

މަޤުސަދު:

3

(ހ)

މިއުސޫލުގެ މަޤްޞަދަކީ ގއ ކޮލަމާފުށީ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް ބަންޑާރަ ގޯތި ދޫކުރުމާއެކު ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއި އިންސާފުވެރިކަމާއި ޙައްޤުތައް ކަށަވަރުކުރުމެވެ. ބަންޑާރަ ބިން ދޫކުރުމުގެ މައިގަނޑު ބޭނުމަކީ ގއ ކޮލަމާފުށީ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ  ފަރާތްތަކަށް ބިމުގެ ތަނަވަސްކަން ކަށަވަރުކުރުމެވެ.   

އުސޫލު ތަންފީޒުކުރާ ފަރާތް

4

(ހ)

މި އުސޫލު ހިންގައި ތަންފީޒުކުރާނީ، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާއިންނެވެ.

ޢަމަލުކުރަންފަށާ ތާރީޚް

5

(ހ)

މި އުސޫލަށް ޢަމަލުކުރަން ފަށާނީ ، މި އުސޫލު ދިވެހި ދައުލަތުގެ ގެޒެޓްގައި ޝާޢިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން

6

(ހ)

މިއުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަށް މިއުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މިއުސޫލަށް ޢަމަލުކުރަން ފެށުމަށްފަހު މިއުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، މިއުސޫލުގެ ދަށުން ހިނގާނެއެވެ.

އުސޫލަށް ބަދަލުގެނައުން

7

(ހ)

މިއުސޫލުގައި ބަޔާންކޮށްފައި ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ ކައުންސިލަރުންގެ ލަފާގެ މަތިން ވިލަރެސްކުރާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ބައިވެރިވާ މެންބަރުންގެ އަޤުލަބިއްޔަތުންނެވެ.

ގޯތިދޫކުރުމަށް ކަނޑައެޅިފައިވާ ޞަރަޙައްދު

8

(ހ)

މޯލްޑިވްސް ލޭންޑް ސާރވޭ އޮތޯރިޓީން ހުއްދަ ލިބިގެން ގއ ކޮލަމާފުށީ ކައުންސިލް އިދާރާގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ޞަރަޙައްދުން މިއުސޫލުގެ ދަށުން ދޫކުރެވޭ ގޯތިތައް ދޫކުރެވޭ ސަރަޙައްދުތަކާއި ވަކިވަކި ގޯތިތައް އެނގޭނެ  ގޮތުގެ ޞަރަޙައްދު ޗާޓް އެކުލަވާލައި އާންމުކުރަންވާނެއެވެ.

ދޫކުރުމަށް ކަނޑައަޅާ ގޯތީގެ ބޮޑުމިން

9

(ހ)

މިއުސޫލުގެ ދަށުން ގއ ކޮލަމާފުށީ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ބިމުގެ ސަރަޙައްދުގެ ތެރެއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރުމަށް ކައުންސިލުން ކަނޑައަޅާ ގޯތީގެ ބޮޑުމިން ގޯތި ދިނުމުގެ ކުރިން ކަނޑައަޅައި ނިންމަން ވާނެއެވެ.

ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުން

10

 (ހ)

ގއ ކޮލަމާފުށީ ކައުންސިލް އިދާރާގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ގޯތި ދިނުމުގެ އެކިއެކި މަރަޙަލާގައި ޢަމަލީ ގޮތުން ބައިވެރިވެ ކުރިއަށް ގެންދިޔުމަށް  5 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ކައުންސިލްގެ ބެލުމުގެ ދަށުން އެކުލަވާލަންވާނެއެވެ.

11

(ހ)

(ށ)

(ނ)

(ރ)

(ބ)

(ޅ)

ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި އަދި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ ޤަވާޢިދާއި އަދި މިއުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު ގޯތި ދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ނިންމުމުގެ އިތުރުން ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައިވާ އުޞޫލުން ގޯތި  ދިނުމަށް ޝަރުޠު ހަމަވާ ފަރާތްތައް ކަނޑައެޅުން

މިއުސޫލުގައިވާ ގޮތުން ޕޮއިންޓް ލިބޭ މިންގަނޑަށް ބަލައިގެން ގއ ކޮލަމާފުށިން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން

ގއ ކޮލަމާފުށިން ގޯތިލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު ކޮމެޓީގެ މެންބަރުން ގޯތި ދިނުމަށް ޝަރުޠު ހަމަވާކަމަށް އިޤްރާރުގައި ސޮއިކުރުން

ގޯއްޗަށް އެދި ހުށަހެޅި ފޯމެއް ބާޠިލްކުރަންޖެހޭ ނަމަ ބާޠިލްކުރަންޖެހޭ ސަބަބު ކޮމެޓީން ކަނޑައަޅައި އެސަބަބު ފޯމުގައި ލިޔެ މެންބަރުން ސޮއިކުރުން

ގޯތިލިބޭ ފަރާތްތަކާއި ޝަރުޠު ހަމަނުވާ ފަރާތްތައް ލިޔުމުން ސަބަބު އެންގުމާއެކު އެފަރާތްތަކުގެ ޝަކުވާތައް ބަލައި ޖަވާބުދާރީވުން

މިއުސޫލުގައި ވަކިގޮތެއް ބަޔާންކުރެވިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ މިއުސޫލާއި އަދި ބަންޑާރަ ގޯތި ދޫކުރުމަށް ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލާއެކު މަޝްވަރާކުރެވި ވިލަރެސްކުރާ ކޮމެޓީންއިންނެވެ.

ގޯތި ދޫކުރުމަށް އިޢުލާން ކުރުން

12

(ހ)

(ށ)

ގއ ކޮލަމާފުށިން ގޯތި ދޫކުރުމަށްޓަކައި ގޯއްޗަށް އެދި ހުށަހެޅުމަށް ޢާންމުކޮށް އިޢުލާން ކުރަންވާނެއެވެ.

މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިޢުލާންކުރާއިރު ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު އިޢުލާނުގައި ހިމަނަންވާނެއެވެ.

  • ދޫކުރާ ގޯތީގެ ޢަދަދާއި ، ބޮޑުމިން
  • ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޙާލަތު ވަޒަން ކުރުމުގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ބޭނުންކުރާނެ މިންގަނޑު
  • ގޯއްޗަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ލިބޭނެ ތަނާއި، ވަގުތު
  • ފުރިހަމަކޮށްފައިވާ ފޯމް ހުށަހަޅަންޖެހޭ ތަނާއި، ވަގުތު

 ގޯއްޗަށް އެދި ހުށަހެޅުން

13

(ހ)

(ށ)

(ނ)

ގޯއްޗަށް އެދި ހުށަހަޅަންވާނީ މިއުސޫލަށް ރިޢާޔަތްކޮށް ހަދާފައިވާ ފޯމް ބޭނުންކޮށްގެންނެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހެޅުމަށް ބުނެފައިވާ ހުރިހާ ލިޔެކިޔުމެއް ފޯމާއިއެކު ހުށަހަޅަންވާނެއެވެ. އެއްވެސް ލިޔުމެއް މަދުވެއްޖެނަމަ އެފޯމް ބަލައެއް ނުގަނެވޭނެއެވެ.

ކައުންސިލަށް ފޯމް ބަލައިގަތުމަށްފަހު، ބަލައިގަތްކަމުގެ ލިޔުން ކައުންސިލުން ފޯމް ހުށަހެޅިފަރާތަށް ދޫކުރުމަށްފަހު، އިތުރު އެއްވެސް ލިޔުމެއްގެ ކޮޕީއެއް ފޯމާއިއެކު އެޓޭޗްކޮށް ބަލައިގަނެގެން ނުވާނެއެވެ.

ފޯމް ބަލައިގަތުން

14

(ހ)

(ށ)

(ނ)

(ރ)

ހުށަހަޅާ ފޯމްތައް ބަލައިގަންނަންވާނީ ފޯމް ހުށަހެޅުމަށް ކުރި އިޢުލާންގައިވާ ދުވަސްތަކާއި ވަގުތުތަކުގައި ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ.

ފޯމް ބަލައިގަތުމުގެ ކުރިން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަތޯ ބަލައި ޗެކްކުރަންވާނެއެވެ. އަދި ފޯމާއެކު ހުށަހެޅި ލިޔުންތަކުގެ ތަފްޞީލް ހިމެނޭ ލިޔުން ކައުންސިލް އިދާރާގެ ފަރާތުން އަދި ފޯމް ހުށަހެޅި ފަރާތުން ސޮއިކޮށް ފޯމާއެކު އެޓޭޗްކުރަންވާނެއެވެ.

މިމާއްދާގެ (ށ) ގައި ބަޔާންކުރާ ފޯމްގެ ކޮޕީއެއް ފޯމް ހުށަހެޅި ފަރާތާއި ޙަވާލުކުރަންވާނެއެވެ.

ފޯމް ބަލައިގަންނަ  ވަގުތުގައި ފޯމް ހުށަހަޅާ މީހާގެ ހާޒިރުގައި ފޯމްގައިވާ ހުރިހާ ބަޔަކަށް މަޢުލޫމާތު ހިމަނާފައިވޭތޯ ބަލައި ޗެކްކުރަންވާނެއެވެ. ޗެކްކުރުމުގައި އެއްވެސް މަޢުލޫމާތެއް ހިމެނިފައިނުވާ ނަމަވެސް އެކަމެއް ރަނގަޅުކޮށް ގެނައުމަށް ފޯމް އަނބުރާ ފޮނުވާލެވޭނެއެވެ. ފުރިހަމަ މަޢުލޫމާތު ބަޔާންކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ފޯމް ފުރުން   

15

(ހ)

(ށ)

(ނ)

ފޯމް ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ފޯމް ބަލައިގަންނަ ފަރާތަށް ފޯމްގައި ލިޔެފައިވާ އެއްޗެއް ދޭހަވާ މިންވަރަކަށެވެ.

ފޯމްގެ އެއްވެސް ތަނެއްގައި ޓިޕެކްސް ޖަހައި، ނުވަތަ ރޮގު ދަމައިގެން ތަނެއް / ބައެއް ކަނޑާފައިވާނަމަ އެތަނެއްގައި ނުވަތަ އެބައެއްގައި ފޯމްގެ ވެރިފަރާތުން ސޮއިކޮށްފައި އޮންނަންވާނެއެވެ.

ގއ ކޮލަމާފުށީ ކައުންސިލް އިދާރާގެ ތެރޭގައި ނުވަތަ މިއިދާރާގެ ގޯތިތެރޭގައި ގޯއްޗަށް އެދޭ ފޯމް އެއްވެސް ފަރާތަކުން ފުރައިގެން ނުވާނެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ކިބައިގައި ހުންނަޖެހޭ ޝަރުޠުތައް

16

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ ތިރީގައިވާ ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

(ހ)

ދިވެހި ރައްޔިތެއް ކަމުގައިވުން

(ށ)

ގޯތި ދޫކުރުމަށް އިޢުލާންކުރެވޭ ދުވަހާއި ހަމައަށް މީލާދީގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން

(ނ)

ގއ ކޮލަމާފުށީ ރަށްވެހިންގެ ރަޖިސްޓްރީގައި ގޯއްޗަށް އިޢުލާންކުރާ ތާރީޚްގެ ކުރިން ރަޖިސްޓްރީވެ، ގއ ކޮލަމާފުށީ ރަށްވެއްސެއްކަމުގައިވުން

(ރ)

ދިވެރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމާހާއަށް 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. ނުވަތަ ބަންޑަރަ ގޯއްޗެއް ސަރުކާރުގެ އިދާރާއަކުން ގޯތި ދޫކުރެވޭ ދުވަހާއި ހަމައަށް ދޫކޮށްފައި ނުވުން

(ބ)

އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ނުވަތަ ބިމެއް ތަރިކައިގެ ގޮތުގައި ނުވަތަ ހިބައިން ލިބިފައި ނެތުން. ނުވަތަ މިމާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެބައެއްގެ ނުވަތަ އެބިމެއް  ގޯތި ދޫކުރުމުގެ ކުރިން ދޫކޮށްލުން

(ޅ)

ޤާނޫން ނަންބަރ 1/2002  )ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫން) ގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެބައެއް ނުވަތަ ފުލެޓެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 11 12 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން ގޯތި ދޫކުރުމަށް އިޢުލާން ކުރުމުގެ ކުރިން ދޫކޮށްލުން

(ކ)

ބަންޑާރަ ގޯތި ދޫކުރުމުގައި ގޯއްޗަށް އެދިކުރިމަތިލާ އެއްވެސް ފަރާތަކަށް ދެގޯތި ނުލިބޭނެކަން ކަށަވަރުކުރުމަކީ، ޤާނޫނު ނަންބަރ 1/2002  (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އިން ލާޒިމްކުރާ ކަމަކަށްވާތީ، ގޯއްޗަށް އެދި ކުރިމަތިލާ އެއްވެސް ފަރާތަކަށް ދެގޯތި ނުލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެފަރާތަކަށް ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެން އޮތްބައި ދޫކޮށްލަން އެއްބަސްވާ އިޤްރާރު ހުށަހެޅަންވާނެއެވެ. އިޤްރާރު ހުށަނާޅާ އެއްވެސް ފަރާތަކަށް ގޯތި ދޫނުކުރެވޭއެވެ.

(އ)

މިމާއްދާގެ (ބ) ގެ ބޭނުމަށް މަންމަ ނުވަތަ ބައްޕަ ނިޔާވެ ތަރިކައިގެ ގޮތުގައި ލިބޭން ނުވަތަ ލިބިފައިވާ (ޝަރުޢީ މަރުހަލާ ފުރިހަމަކޮށްފައިނުވާ) 600 އަކަފޫޓަށްވުރެ ބޮޑުބައެއް ނުވަތަ ބިމެއް ލިބެން އޮތް ނަމަ، އެބިމަކީ ފޯމް ހުށހަޅާ ފަރާތަށް ތަރިކައިގެ ގޮތުގައި ލިބިފައިވާ ބިމެއްގެ ގޮތުގައި ބެލުމަށް ހުރަހެއް ނާޅާނެއެވެ.

(ވ)

ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ ސަރުކާރުން ރާވާ އިންތިޒާމްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއްގެ ދަށުން ދޫކުރާ ނުވަތަ މިލުކުކުރާ ފުލެޓެއް، ގޯތި ދޫކުރުމަށް އިޢުލާން ކުރެވޭ ދުވަހާއި ހަމައަށް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން

(މ)

އެއްމެދު ޢިމާރާތެއް ފުލެޓެއް ގޯތި ދޫކުރުމަށް އިޢުލާންކުރެވޭ ދުވަހާއި ހަމައަށް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން

(ފ)

މި މާއްދާގެ (އ) އަދި (ވ) ގައި ބަޔާންކުރާފަދަ ޢިމާރާތެއް / ފުލެޓެއް އަމިއްލަ ނަމުގައި އޮވެ، އެފަދަ އިމާރާތެއް / ފުލެޓެއް ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 (ދޭއް) އަހަރު ދުވަހަށްވުރެ ގިނަދުވަސްވެފައިވުން. (ގޯތި ދޫކުރުމަށް އިޢުލާންކުރެވޭ ދުވަހާއި ހަމައަށް )

ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން 

17

(ހ)

ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ. (ފޯމާއެކު ހުށަނާޅާ ލިޔުމެއްގެ މަޢުލޫމާތަށް ބިނާކޮށް އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.)

  1. ގޯއްޗަށް އެދޭ މީހާގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  ދެފުށުގެ ސާފު ފޮޓޯ ކޮޕީ

  1. ގޯއްޗަށް އެދޭ މީހާގެ އަނބި/ފިރިމީހާގެ  މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ފޮޓޯ ކޮޕީ
  2. ގޯއްޗަށް އެދޭ މީހާއަކީ ކައިވެނިކޮށްގެން އުޅޭ މީހެއް ނަމަ ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ (ހުރިހާ ސަފުހާއެއް ހިމެނޭ ގޮތަށް)
  3. ގޯއްޗަށް އެދޭ މީހާއަކީ ކައިވެނިކޮށް، ވަރިކޮށްފައިވާ މީހެއް ނަމަ ވަރީގެ ސެތްފިކެޓްގެ ކޮޕީ (ހުރިހާ ސަފުހާއެއް ހިމެނޭ ގޮތަށް)
  4. ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އުފަން ދަރިން ދުނިޔޭގައި ތިބިނަމަ އެކުދިން އެކުދިންގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ
  5. ގޯއްޗަށް އެދި ފުރިހަމަކޮށް ހުށަހަޅާ ފޯމާއިގުޅޭ އެއްވެސް ލިޔެކިޔުމެއްގައި ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއިކުރާ އެންމެހާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ފޮޓޯ ކޮޕީ
 
ޝަރުޠު ހަމަނުވާ ފަރާތް ކަނޑައެޅުން

18

(ހ)

 (ށ)

(ނ)

(ރ)

(ބ)

ގޯއްޗަށް އެދި ހުށަހެޅުމަށް ކުރާ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 30 ދުވަހުގެ ތެރޭގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތެއް ޝަރުޠު ހަމަނުވާނަމަ ޝަރުޠު ހަމަނުވާ ސަބަބު ބަޔާންކޮށް އެފޯމްތަކަށް ލިޔުމުން ޖަވާބުދޭންވާނެއެވެ.

ޝަރުޠު ހަމަނުވާ ފަރާތްތައް ކަނޑައަޅާނީ ފޯމާއެކު ހުށަހަޅާ ލިޔުންތަކާއި ސަރުކާރުގެ އިދާރާތަކުން އެއްކުރެވޭ މަޢުލޫމާތޫގެ މައްޗަށް ބަލައި މިއުސޫލުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ހަމަނުވާ ފަރާތްތަކެވެ.

ހުށަހަޅާފައިވާ ލިޔުންތަކުން ފޯމް ހުށަހަޅާ ފަރާތަކީ ޝަރުޠު ހަމަވާ ފަރާތެއް ކަމަށް ކަނޑައަޅައިފައި ވަނިކޮށް ފޯމް ހުށަހެޅި ފަރާތުން ހުށަހަޅާފައި ވަނީ ދޮގު މަޢުލޫމާތު ހިމެނޭ ލިޔުމެއް ނުވަތަ ސަރުކާރުގެ އިދާރާއަކުން ލިބޭ މަޢުލޫމާތުތަކަށް ރިޢާޔަތްކުރާއިރު އެފަރާތުގެ ޝަރުޠު ހަމަނުވާކަމުގައި ވަނީ ނަމަ ގޯތިދޫކުރުމުގެ މަސައްކަތް އެވަގުތަކު އޮތް މަރުޙަލާއަކާއި ހިސާބުން އެފަރާތެއް ވަގުތުން ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅައި މިމާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުން އެފަރާތަށް ފޮނުވަންވާނެއެވެ.

މިމާއްދާގެ (ނ) އާއި އެއްގޮތަށް އެއްވެސް މަރުޙަލާއެއްގައި ގޯއްޗަށް އެދި ހުށަހެޅުމުގެ ޝަރުޠު ހަމަނުވާ ކަމުގައި ކަނޑައެޅިއްޖެނަމަ މިއުސޫލުގެ 16 ވަނަ މާއްދާއާއި އެއްގޮތަށް ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުން އުނިކޮށް މިއުސޫލުގެ 14 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ލިސްޓް ތަރުތީބު ކުރަންވާނެއެވެ.

މިމާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި ދިވެހިރާއްޖޭގެ މިނިވަން މުވައްސަސާއަކުން ނުވަތަ މިނިސްޓްރީއަކުން ނުވަތަ ޝަރުޢީ ކޯޓަކުން ފަސްކުރާ ފަސްކުރުމެއް ނުވަތަ އެފަދަ އަމުރަކާއި ވިދިގެން ލަސްވާ ލަސްވުން އިސްތިސްނާވާނެއެވެ.

ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން

19

(ހ)

(ށ)

(ނ)

(ރ)

(ބ)

(ޅ)

ޝަރުޠުހަމަވާ ފޯމްތަކުގެ ތެރެއިން ގޯތި ލިބޭނީ މިއުސޫލުގެ ދަށުން ޢަމަލު ކުރުމަށް ތައްޔާރުކޮށްފައި ޕޮއިންޓް ލިބޭ މިންގަނޑުތަކަށް ޕޮއިންޓް ދިނުމުން ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ގޯތި ލިބޭ ފަރާތް ހޮވުމުގައި އެންމެ ފަހު ގޯއްޗަށް ނުވަތަ ގޯތިތަކަށް ވާދަކުރަން އެއް ފަރާތަށްވުރެ ގިނަ ފާރާތުން އެއްއަދަދަކަށް ޕޮއިންޓް  ލިބިފައިވާނަމަ އެންމެ ފަހު ގޯތި ލިބޭ ފަރާތް ކަމުގައި ނިންމާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި މިއުސޫލުގެ 20 ވަނަ މާއްދާއާއި އެއްގޮތަށް ގުރުއަތުލައިގެންނެވެ.

ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ދެމެފިރިން ހިމެނިފައިވާނަމަ ގޯތި ދޫކުރެވޭނީ އެދެފަރާތުންކުރެ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަކަށެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނި، އެދެފަރާތުން ޕޮއިންޓް އެއްވަރު ނަމަ ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ ދެފަރާތުން މަޝްވަރާކުރުމަށް، މުހުލަތުދީ ކަނޑައެޅޭ މުއްދަތެއްގެ ކުރިން ދެފަރާތުން ކުރެ އެއްފަރާތުން ގޯތި ދޫކޮށްލާކަން ބަޔާންކޮށް ކައުންސިލް އިދާރާއަށް ލިޔުމުން ހުށަހެޅުމުންނެވެ.

މިމާއްދާގެ (ރ) ގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު ގޯތި ދޫކޮށްލާ ފަރާތުން އެކަން ބަޔާންކޮށް ލިޔުމުން ކައުންސިލަށް ހުށަނާޅާނަމަ ދެމަފިރިންގެ މެދުގައި ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ މިއުސޫލުގެ 20 ވަނަ މާއްދާއާއި އެއްގޮތަށް ގުރުއަތުލައިގެންނެވެ.

ގޯތިލިބޭ ދުވަހާއި ހަމައަށް ކައިވެނީގެ މަތީގައި ތިބި ދެމެފިރިންކަމުގައިވެފައި، ގޯތި ދޫކުރުމަށް އިޢުލާންކުރާ ތާރީޚް ގެ ފަހުން އެދެމަފިރިންގެ ކައިވެނި ރޫޅުނު ކަމުގައިވިޔަސް ޢަމަލުކުރާނީ މިއުސޫލުގެ 19 ވަނަ މާއްދާގެ (ށ) ، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

ގުރުއަތުލުން  

20

(ހ)

(ށ)

(ނ)

(ރ)

(ބ)

މިއުސޫލުގެ 19 ވަނަ މާއްދާގެ (ށ) އަދި (ރ) ގައި ބަޔާންކުރާ ގުރުއަތުލުން ކުރިއަށް ގެންދަންވާނީ މިއުސޫލުގެ 03 ވަނަ މާއްދާގައި ބަޔާންކުރާ ކޮމެޓީގެ ބައްދަލުވުމަކުންނެވެ.

މި ބައްދަލުވުން ބާއްވާނީ އާއްމުކޮށް ހުޅުވާލެވިގެންނެވެ.

ގުރުއަތު ނެގުމަށްޓަކައި ބޭއްވޭ ބައްދަލުވުން ފެށުމުގެ 24 ގަޑިއިރުކުރިން ގުރުއަތު ނެގުން ބޭއްވޭ ފަރާތްތަކަށް، ގުރުއަތު ނެގުމުގައި ބައިވެރިވުމަށް ހާޒިރުވުމަށް ލިޔުމުން އަންގަންވާނެއެވެ.

ދެފަރާތް، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމުގައި، ގުރުއަތު ނަގާނީ ފޯމް ހުށަހެޅި ފަރާތުން ނުވަތަ އެފަރާތުން ލިޔުމުން ބާރުދީފައިވާ ފަރާތަކަށެވެ.

މިމާއްދާގެ (ރ) ގައި ބަޔާންކުރާ ފަރާތްތަށް ގުރުއަތުލުމަށް ހާޒިރު ނުވެނޭނަމަ ނުވަތަ ވަކި ފަރާތަކަށް ލިޔުމުން ބާރުދީފައި ނުވާނަމަ ނުވަތަ ގުރުއަތު ނެގުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާނަމަ އެފަރާތުގެ ބަދަލުގައި ގުރުއަތު ނަގާނީ ކޮމެޓީން ނިންމާ ފާސްކުރާ ކޮމެޓީގެ މެންބަރެކެވެ.

ގޯތި ލިބޭ ފަރާތެއް ގޯތި ލިބޭ ލިސްޓުން އުނިވުން

21

(ހ)

(ށ)

މިއުސޫލުގެ 19 ވަނަ މާއްދާއާއި އެއްގޮތަށް ގޯތިލިބޭ ފަރާތުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން އުނިވެއްޖެނަމަ ނުވަތަ ގޯތި ބާޠިލްކުރަން ޖެހިއްޖެ ނަމަ އެފަރާތެއްގެ ނަން ލިސްޓުން އުނިކުރުމަށްފަހު އަލުން ލިސްޓް ތަރުތީބުކުރަންވާނެއެވެ.

މިގޮތަށް ލިސްޓް އަލުން ތަރުތީބުކުރަންވާނީ މިއުސޫލުގެ 19 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުން

22

(ހ)

(ށ)

(ނ)

މިއުސޫލުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމުކުރަން ވާނެއެވެ.

ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމުގައި މިއުސޫލުގެ 21 ވަނަ މާއްދާގައި ބުނާ އުނިއިތުރު ގެނެވޭ ކޮންމެ ފަހަރަކު އެ އުނިއިތުރުތަކާއެކު ލިސްޓް އާންމުކުރަންވާނެއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރާ އިޢުލާނުގައި ތިރީގައިވާ މަޢުލޫމާތޫ ހިމަނަންވާނެއެވެ.

  1. ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތުގެ ފުރިހަމަ ނަން
  2. ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް
  3. ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތުން ހުށަހެޅި ފޯމްގެ ރިފަރެންސް ނަންބަރ
  4. ޕޮއިންޓް ދިނުމުގެ މަރުޙަލާގައި ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތަށް ލިބިފައިވާ ޖުމްލަ ޕޮއިންޓް
 
ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

23

(ހ)

(ށ)

(ނ)

(ރ)

މިއުސޫލުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމަށްފަހު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަންވާނެއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށްޓަކައި ކުރެވޭ އިޢުލާންގައި ޝަކުވާ ހުށަޙަޅަން ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްޞީލާއި، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހިމަންވާނެއެވެ.

ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން ހުށަހެޅުނު ޝަކުވާތައް ކޮމެޓީން ބަލާ ދިރާސާކޮށް ކޮންމެ ޝަކުވާއަކަށް ވަކިވަކިން ލިޔުމުން ޖަވާބު ދޭންވާނެއެވެ.

ހުށަހެޅޭ ޝަކުވާއެއްގެ ސަބަބުން، ނުވަތަ އެފަދަ ޝަކުވާއަކާއި ގުޅިގެން ކޮމެޓީން ހޯދި ހޯދުމަކުން ގޯތި ލިބޭ ފަރާތެއް އުނިކުރަން ޖެހިއްޖެނަމަ މިއުސޫލުގެ 22 ވަނަ މާއްދާއާއި އެއްގޮތަށް  ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އަލުން ތަރުތީބުކޮށް އާންމުކުރަން ވާނެއެވެ.

ގޯއްޗަށް އެދިފައިވާ މީހާ މަރުވުން

24

(ހ)

ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތެއް، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރުމުގެ ކުރިން ނިޔާވެއްޖެނަމަ، އެފަރާތެއްގެ ނަން ވަގުތީ ލިސްޓުން އުނިކޮށް މިއުސޫލުގެ 22 ވަނަ މާއްދާއާއި އެއްގޮތަށް ލިސްޓް ތަރުތީބުކޮށް އާންމުކުރަން ވާނެއެވެ.

ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރުން

25

(ހ)

(ށ)

ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ހުށަހެޅުނު ޝަކުވާތައް ދިރާސާކޮށް ބެލުމަށްފަހު އުނިއިތުރެއް ގެންނަން ޖެހޭނަމަ އެ އުނިއިތުރެއް ގެނައުމަށްފަހު ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރަންވާނެއެވެ.

 ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރާއިރު އިޢުލާންގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ގޯތި ކަނޑައެޅުން

26

(ހ)

(ށ)

(ނ)

(ރ)

(ބ)

(ޅ)

(ކ)

ގޯތި ލިބޭ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ލިބޭ ގޯތި ގއ ކޮލަމާފުށީ ޗާރޓްގައި ފާހަނގަކޮށްފައިވާ ގޯތިތަކުން ކަޑައަޅާނީ ދާއިމީ ލިސްޓް އިޢުލާން ކުރުމަށްފަހުގައެވެ.

ގޯތިލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައަޅާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތަކުން ލިޔުމުން ބާރުދީފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. ގުރުއަތު ނަގަންވާނީ ކޮމެޓީގެ ބައްދަލުވުމެއްގައެވެ.

ގުރުއަތު ނެގުން ކުރިއަށް ގެންދަންވާނީ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ޗާރޓްގައި ފާހަނގަކޮށްފައިވާ ހިސާބު އަކުރު ބޭނުންކޮށްގެންނެވެ.

ގުރުއަތު ނަގާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓަގައިވާ ލިސްޓްގެ ތަރުތީބުންނެވެ.

ގުރުއަތުލުން އޮންނަ ތާރީޚާއި ވަގުތާއި ގަޑި އިޢުލާން ކުރަންވާނެއެވެ.

މިމާއްދާގެ (ށ) ގައި ބަޔާން ކުރާ ބައްދަލުވުން ބާއްވާނީ އާންމުކޮށް ހުޅުވާލައިގެންނެވެ.

ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ގޯތިލިބޭ ފަރާތުން ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތުން ހާޒިރު ނުވާނަމަ ގުރުއަތު ނަގާނީ ކޮމެޓީން ފާސްކުރާ ތަރުތީބަކުން ކޮމެޓީގެ މެންބަރުންނެވެ.

ގޯތި ބަދަލުކުރުމުގެ ފުރުސަތު ދިނުން

27

(ހ)

(ށ)

(ނ)

ގއ ކޮލަމާފުށިން ގޯތި ލިބޭ ފަރާތަށް ގޯތި ޙަވާލުކުރުމަށްފަހު އެއްގޯތި އަނެއް ގޯއްޗަށް ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް އިޢުލާންކުރެވޭނެއެވެ.

ގޯތި ބަދަލުކުރުމަށް 07 ދުވަހުގެ ފުރުސަތެއްދެވޭނެއެވެ.

ގޯތި ބަދަލުކުރުމަށް ދެވޭ 07 ދުވަހުގެ މުއްދަތުގައި ގޯތި ބަދަލުކުރުމަށް ކައުންސިލަށް ހުށަނާޅާ ފަރާތްތަކަށް ފަހުން ފުރުސަތު ދިނުމެއް ނޯންނާނެއެވެ.

ރުއްގަހަށް ބަދަލުދިނުން

28

(ހ)

(ށ)

(ނ)

(ރ)

ގޯތިލިބިފައިވާ ފަރާތުން ގޯތި އިމަށް އަރާ ރުއްގަހަށް ބަދަލުދޭން ޖެހޭނެއެވެ. މިފަދަ ރުއްގަހަށް ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ގއ ކޮލަމާފުށީ ކައުންސިލަށް އަންގަންވާނެއެވެ.

ގޯތީގެ އިމަށް އަރާ ރުއްގަސް ކަމަށް ބެލެވޭނީ އިމުން ފެށިގެން 03 ފޫޓް ހުންނަ ރުއްގަހެވެ.

ގޯތިލިބޭ ފަރާތުން ގޯތީގައި ހުންނަ ރުއްގަހަށް ބަދަލު ދޭންވާނެއެވެ. ރުއްގަހަށް ބަދަލު ދިނުމަށްފަހު އެކަން ލިޔުމުން ކައުންސިލަށް އަންގަންވާނެއެވެ.

ގޯތިލިބޭ ފަރާތުން ގޯތިގައި ހުންނަ ރުއްގަހަށް ގޯތި ޙަވާލުކުރާތާ 01 މަސްދުވަހުގެ ތެރޭގައި ބަދަލުދިނުމުގެ މަސައްކަތްކޮށް ނިންމަންވާނެއެވެ.

ގޯތިލިބޭ ފަރާތުން ޢަމަލުކުރަންޖެހޭ ކަންކަން

29

(ހ)

(ށ)

(ނ)

(ރ)

(ބ)

(ޅ)

(ކ)

(އ)

(ވ)

(މ)

(ފ)

(ދ)

ގއ ކޮލަމާފުށީ ކައުންސިލުން ދައްކާ ބިމެއްގައި ކަނޑައެޅިފައިވާ  މިންތަކަށް ގޯތީގެ ކޮންމެ ކަނެއްގައި އިންވަކިކުރުމަށް ގޯތި ފާހަނގަކުރެވޭތާ 03 މަސްދުވަހުގެ ތެރޭގައި ކުރުވެގެން 02 ފޫޓް އުސްމިނުގެ ކަނުމުޑިއެއް ޖަހަންވާނެއެވެ. އަދި މަގާއި ގޯޅިތައް ކައުންސިލުން އަންގާ ގޮތަކަށް ވަށްކުރަންވާނެއެވެ.

ގޯތި ޙަވާލުކުރެވޭތާ  01 އަހަރު ދުވަހުގެ ތެރޭގައި ގޯތީގެ އިންފާރު ރާނަންވާނެއެވެ. ގޯތީގެ އިންފާރު ރޭނުމަށްފަހުގައި ނޫނީ ގޯތީގައި އެއްވެސް ޢިމާރާތެއް ކޮށްގެން ނުވާނެއެވެ.

ގޯތި ޙަވާލުކުރެވިފައިވާ މީހާ 03 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ޢިމާރާތްކޮށްގެން ދިރިއުޅެން ފަށަންވާނެއެވެ.

ގޯތި ޙަވާލުކުރެވޭތާ 01 އަހަރު ދުވަހުގެ ތެރޭގައި ގޯއްޗަށް ނަމެއްކިޔައި އެނަމުގައި ގޯތީގެ ރަޖިސްޓްރީ ހައްދަންވާނެއެވެ.

ގޭގެ ނަމާއި، ނަންބަރު އެނގޭ ގޮތަށް މަގުމައްޗަށް ފެންނަގޮތަށް ނަންބޯޑު ބަހައްޓަންވާނެއެވެ.ނަންބަރ ނޭގޭ ގޮތަށް ނަންބޯޑު ހުރިނަމަ ނުވަތަ ނަންބޯޑު ހަލާކުވެއްޖެނަމަ ވީހާއަވަހަކަށް ނަންބޯޑު ހަދާފައި ބަހައްޓަންވާނެއެވެ.

ބަންޑާރަ ގޯއްޗެއްގައި އެގޯއްޗެއް ހަވާލުކުރެވިފައިވާ ފަރާތްނޫން އެހެން ފަރާތްތަކުން އެއްވެސް ޢިމާރާތެއް ކުރިނަމަވެސް އެޢިމާރާތެއްގެ ވެރިފަރާތަކަށް އެގޯއްޗެއް ނުވަތަ އެގޯތިން ބައެއް ވިޔަސް ރަޖިސްޓްރީކޮށެއް ނުދެވޭނެއެވެ.

މަގުމަތީ ފާރު ނުވަތަ ފާރުން ބައެއް ނަމަވެސް ތަޅާލަންވާނީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ. އަދި ކައުންސިލްގެ ހުއްދަ ލިބިގެން ނޫނީ މަގުމައްޗަށް ދޮރު ކެނޑުމާއި، ދޮރާށި ހުރި ތަން ނޫން ތަނަކަށް ބަދަލުކުރުމަކީ މަނާކަމެކެވެ.

ޙަވާލުކުރެވޭ ގޯތީގައި ހުންނަ ރުއްގަހުގެ ތެރެއިން ކަނޑަންވާނީ ޢިމާރާތްކުރުމުގައި ކަނޑަންޖެހޭ ރުއްގަހާއި އެއިން ނުރައްކަލެއް ލިބިދާފަދަ ބަލި ރުއްގަހާއި އެހެން މީހަކަށް އުންދަގޫވާ ގޮތަށް ހުރި ރުއްގަހެވެ. މިފަދަ ރުއްގަސް ކަނޑަންވާނީ ކައުންސިލްގެ އިދާރާގެ ހުއްދަ ހޯދައިގެންނެވެ.

އެހެން މީހަކަށް ދީފައިވާ ގޯއްޗެއްގެ އިންފާރު ކައިރީގައި ފާރެއް ރާނައި ނުވަތަ ޢިމާރާތެއްކުރާ ނަމަ އެކަމަށް ކައުންސިލް އިދާރާގެ ހުއްދަ ހޯދަންވާނެއެވެ. އަދި އެމީހެއްގެ ގޯތީގައި އިންފާރަށް ވާގޮތަށް ޢިމާރާތް ކރުމާއި ، އިންފާރުން ދޮރާށި ކެނޑުން ފަދަ ކަމެއް ކުރާނަމަވެސް  ކައުންސިލްގެ ހުއްދަ ހޯދަންވާނެއެވެ.

ގޯތިތެރެއާއި ގޯތި ގުޅިފައިވާ މަގު ކުނިކަހައި، ވިނަ ނޮޅައި ސާފުކޮށް ބަލަޙައްޓަންވާނެއެވެ.

ގޯތީގެ އެއްވެސް ފަރާތެއްގެ އިމާއި 03 ފޫޓަށްވުރެ ކައިރީގައި އިންފާރަށް ނުވަތަ ޖެހިގެން ހުރި ގޭގެ ޢިމާރާތަށް ގެއްލުން ލިބިދާފަދަ ގޮތަކަށް އަދި ގެއެއް އުނދަގޫ ފަދަ ގޮތަކަށް ވަޅުގަނޑު ކޮނުމާއި ފާޚާނާ ވަޅުގަނޑު ހެދުން ފަދަ ކަންތައްތައް ކޮށްގެންނުވާނެއެވެ.

ބަންޑާރަ ގޯއްޗެއްގައި އެގޯއްޗެއް ޙަވާލުކުރެވިފައިވާ ފަރާތްނޫން އެހެން އެއްވެސް ފަރާތަކުން ޢިމާރާތެއް ކުރުވައިގެންނުވާނެއެވެ.

މާނަކުރުން

30

(ހ)

(ށ)

(ނ)

(ރ)

(ބ)

މި އުސޫލުގައި އިބަރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދެއްގައި، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިއެވަނީ، އެއިބާރާތްތަކާއި  ލަފުޒުތަކަށް، ތިރީގައި ދީފައިވާ މާނަކުރުމެވެ.

ގޯތިދޫކުރުންކަމުގައި ބުނެފައިއެވަނީ މިއުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ނުވަތަ ގޯތިތަކުގެ މާނައިގައެވެ.

ގޯތިލިބޭ ފަރާތްކަމުގައި ބުނެފައި އެވަނީ މިއުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިލިބޭ މިންވަރަށް ޕޮއިންޓް ލިބިގެން ގޯތި ލިބޭނެ ކަމަށް ކަނޑައެޅިފައިވާ ފަރާތްތައް ނުވަތަ ފަރާތްތަކެވެ.

ކޮމެޓީ ކަމުގައި ބުނެފައިއެވަނީ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކޮށް  ބަލަހައްޓަން ކޮލަމާފުށީ ކައުންސިލް އިދާރާއިން އެކުލަވާލާފައިވާ ކޮމެޓީއެވެ.

ގޯއްޗަށް އެދޭފަރާތް ކަމުގައި ބުނެފައިއެވަނީ ގޯތި ދޫކުރުމަށް އިޢުލާނުގެ މުއްދަތުގައި ގޯއްޗަށް އެދި ހުށަހަޅަންޖެހޭ ފޯމް ހުށަހަޅާފައިވާ ފަރާތްތަކެވެ.

15 އޭޕްރިލް 2022
ހޯދާ