މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް

މިކުންފުނީގެ 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައެވެ. މިޖަލްސާގައި ޙިއްޞާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

 

2120 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް:

މިޖަލްސާގައި ބައިވެރިވެ ވަޑައިގަނެވޭނީ 18 އޭޕްރީލް 2022 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި 05 އޭޕްރީލް 2022 ގައި             ނަންބަރު:MTCC-CS/IU/2022/093 އިޢުލާނުން ޢާންމުކޮށް އަންގާ އިޢުލާނުކޮށްފައެވެ.

 

ޖަލްސާގެ އެޖެންޑާ

1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން

2. 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

3. 2021 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ހުށަހަޅާ ފާސްކުރުން

4. 2021 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅާ ފާސްކުރުން

5. 2021 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުން

6. 2022 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން

7. ކުރިއަށް އޮތް ދައުރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުން އިންތިޚާބު ކުރުން

8. ކުރިއަށް އޮތް ދައުރަށް އާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުން އިންތިޚާބު ކުރުން

9. ޙިއްޞާދާރުންގެ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދެއްވުން

10. ޖަލްސާ ނިންމުން

ޖަލްސާއަށް ރަޖިސްޓަރ ކުރުން

ކުންފުނީގެ މިއަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވާން ބޭނުންފުޅުވާ އެންމެހާ ޙިއްޞާދާރުން 17 މެއި 2022 ވަނަ ދުވަހުގެ 20:30 ގެ ކުރިން ރަޖިސްޓަރ ކުރައްވަންވާނެއެވެ.

 

މިޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް (www.infinity.mv) މެދުވެރިކޮށް، ނުވަތަ މިކުންފުނީގެ  "2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ރަޖިސްޓަރކުރުމަށް އެދޭ ފޯމް[email protected] ,  އަށް އީމެއިލް ކުރައްވައިގެން ޖަލްސާއަށް އަމިއްލަ ހައިޞިއްޔަތުން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވިދާނެއެވެ.

 

އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ޖަލްސާއަށް ރަޖިސްޓަރ ކުރެވޭނެ ގޮތުގެ ވީޑިއޯއެއް މިކުންފުނީގެ ވެބްސައިޓުގައި ޝާޢިރުކޮށްފައިވާނެއެވެ. އަދި އަހަރީ ޢާންމު ޖަލްސާއާއި ގުޅޭ ފޯމުތައް ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ލިންކު: https://mtcc.mv/annual-general-meeting/year/2021

 

މިޖަލްސާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށްކަމުގައިވާތީ ޖަލްސާއަށް ހާޒިރުވެ، ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތައް ސްމާރޓް ފޯނު / ޓެބްލެޓް ފަދަ، "ފަހިވޯޓް" ބޭނުންކުރެވޭނެ ވަޞީލަތަކާއެކު ޖަލްސާއަށް ވަޑައިގަތުމަށް ދަންނަވަމެވެ.

 

ވީމާ، މިކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

29 އޭޕްރިލް 2022
ހޯދާ