މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަލުތެރޭގައި ރުއްގަސް އިންދުމަށް ހުއްދަ ދިނުމާއިބެހޭ

އިޢުލާން

ރުއްގަސް އިންދުމަށް ފުރުޞަޠު ހުޅުވާލުން

ރަށުގެ އެކި ސަރަހައްދު ތަކުގައި ރުއްގަސް އިންދަން އެދޭ ފަރާތްތަކަށް ރުއްގަސް އިންދުމުގެ ފުރުޞަޠު ތިރީގައި ވާގޮތުގެމަތީން ހުޅުވާލަމެވެ. އެގޮތުން މި އިޢުލާނާއި އެކު އާންމުކުރާ އުސޫލުގައި ވާގޮތުގެމަތީން ރުއްގަސް އިންދުމުގެ ފުރުޞަޠު ވޭވަށުގެ ރަޖިސްޓްރީގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ލިބޭނެއެވެ. ވަލުގައި ރުއްގަސް އިންދާ އުޞޫލު މިއިދާރާގެ ވެބްސައިޓް www.veyvah.gov.mv  އިން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން ރުއްގަސް އިންދުމަށް ފުރުޞަޠު ދެވޭނީ ތިރީގައި ވާގޮތުގެމަތީންނެވެ.

  1. 1.     ރުއްގަސް އިންދުން މަނާ ސަރަހައްދުތައް:

-         ރަށުގެ ވަށައިގެންވާ ހެދޭ ފަސްގަނޑުތައް

-         ރައްޔިތުންގެ ރުއް އިންދުމަށް ކަނޑައަޅާފައިވާ ސަރަހައްދު (އާމަގު ހުޅަނގުން ދަތުރުދާ ސަރަހައްދާއި ހަމަޔަށް ކަނޑާފައިވާ މަގާއި އިންވެގެން ހުޅަނގަށްހިމެނޭ ހުރިހާ ސަރަހައްދެއް)

-         ފްޓްސެލް ދަނޑުގެ އިންވެގެން ރަށްދިގަށް ކަނޑާމަގުގެ ހުޅަނގު، އޮޑިހަރުގެތަށް ކައިރީގައި ޖަހާފައިވާ ފެނަކަ ކަރަންޓް ފޮއްޓާއި ހަމަޔަށް (ސްޕޯޓްސް އެރީނާ ސަރަހައްދު)

-         އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރުއްދަނޑޭ ކިޔާ ސަރަހައްދު

-         ބަނދަރު ކޮނެގެން ނެގުނު ފަސް އަޅައިގެން ހިއްކާފައިވާ އެންމެހާ ތަންތަން

  1. 2.     ރުއްގަސް ރަޖިސްޓްރީ ކުރުން:

-         މި އިޢުލާން އާންމު ކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ރުއްގަސް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުން އެންމެހާ ރުއްގަސް ރަޖިސްޓްރީ ކުރަންވާނެއެވެ.

-         އެމީހެއްގެ ރުއްގަސް ވޭވަށު ކައުންސިލް އިދާރާގައި ރަޖިސްޓްރީކުރެވިފައި ވޭތޯބެލުމަކީ އެމީހެއްގެ ޒިންމާއެކެވެ.

-         މި އިޢުލާން އާންމުކުރާ ދުވަހުގެކުރިން އެމީހެއްގެ ރުއްގަސް ރަޖިސްޓްރީ ކުރެވިފައިވޭތޯ ރަންގަޅަށް ބަލަން ވާނެއެވެ.

-         ރުއްގަސް އިންދުމަށް ހުއްދަދެވޭނީ މި އިޢުލާނާއިއެކު އާންމުކުރާ އުސޫލުގައި ވާގޮތުގެމަތީން ރުއްގަސް ރަޖިސްޓްރީ ކުރުމަށްފަހުގައެވެ.

-         ރުއްގަސް ނެތްކަމަށްބުނެ މި އިޢުލާނާއި އެކު އާންމުކުރާ އުސޫލުގައި ވާގޮތުގެމަތީން ރުއްގަސް އިންދުމަށްފަހު އިތުރު ރުއްގަސް ހުރިކަމަށްބުނެ ރަޖިސްޓްރީ ކުރަން އައިކަމުގައި ވީނަމަވެސް އެރުއްގަހެއް އެފަރާތެއްގެ ނަމުގައި ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ.

-         މި އިޢުލާން އާންމުކުރާދުވަހުން ފެށިގެން 6 (ހައެއް) މަސް ހަމަވުމަށްފަހު ރަޖިސްޓްރީ ނުކުރާ އެންމެހާ ރުއްގަހަކީ ރައްޔިތުންގެ ރުއްގަހުގެގޮތުގައި ބަލާ ވޭވަށު ކައުންސިލް އިދާރާއިން ނަމްބަރު ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދާނެއެވެ.

-         މި އިޢުލާން އާންމުކުރާ ދުވަހުން ފެށިގެން ވެރިފަރާތުގެ ނަމްބަރު އެފަރާތެއްގެ ރުއްގަހުގައި (ނަމްބަރު ޖެހޭ ސައިޒުގެ ރުއްގަސް) ޖަހާ، އާކޮށްފައި ހުންނަންވާނެއެވެ.

-         މި އިޢުލާން އާންމުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްވުމަށްފަހު އަލަށްޖަހާ ރުއްގަސް ފިޔަވާ އެހެން ރުއްގަހެއް ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ.

-         މުދާބަހައިގެން ލިބޭ ރުއްގަސް ރަޖިސްޓްރީ ކުރުމުގައި މިއިޢުލާނުގައި ހިމެނިފައިވާ 6 (ހައެއް) މަސް ވުމަށް ފަހުގައިވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އެހެން ނަމަވެސް މުދާބަހައިގެން ލިބޭ ރުއްގަހަކީވެސް މި އިޢުލާން ގައި ވާފަދައިން ކޮންމެވެސް ގެއެއްގައި ރަޖިސްޓްރީ ވެފައިވާ ރުއްގަސް ކަމުގައި ވާންވާނެއެވެ.

  1. 3.     ރުއްގަސް އިންދުމަށް ފޯމު ދޫކުރުމާއި ބަލައިގަތުން:

-         ރުއްގަސް އިންދުމަށް ފޯމު ދޫކުރެވޭނީ 15 މޭ 2022 ވަނަ ދުވަހުން ފެށިގެންނެވެ. މިތާރީޚުގެ ފަހުން މިއިދާރާގެ ވެބްސައިޓުންވެސް (www.veyvah.gov.mv) ފޯމް ލިބެން ހުންނާނެއެވެ.

-         ފޯމް ބަލައިގަނެވޭނީ 18 މެއި 2022 ވަނަ ދުވަހުގެ 10:15 އިން ފެށިގެންނެވެ.

-         ފޯމު ހުށައެޅުމަށްފަހު މި އިޢުލާނާއިއެކު އާންމުކޮށްފައިވާ އުސޫލުގައިވާ މުއްދަތު ގުނަން ފަށާނީ އެފަރާތަކަށް ރުއްގަސް އިންދާ ތަން ދައްކަން އަންގާ ތާރީޚަކުން ފެށިގެންނެވެ.

-         ރުއްގަސް އިންދަން މީގެކުރިން ދައްކާފައިވާ އެއްވެސްތަނެއް އެއްވެސް މީހަކަށް ރިޒާވްކޮށް ނުބޭއްވޭނެއެވެ.

-         ފޯމުލާ ތަރުތީބުން ރުއްގަސް އިންދާތަން ދައްކަން ފުރުޞަޠުދޭ ތާރީޚުން ފެށިގެން 48 ގަޑިއިރުތެރޭ ތަންދައްކަންވާނެއެވެ. މިގޮތަށް ޢަމަލު ނުކުރާނަމަ ފޯމު ހުށައެޅި ތަރުތީބުން ޖެހިގެން އޮތް ފަރާތަށް ތަންދެއްކުމުގެ ފުރުޞަޠު ދެވޭނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

28 އޭޕްރިލް 2022
ހޯދާ