ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
30 އޭޕްރީލް 2022 ވާ ހޮނިހިރު ދުވަހާއި 07 މެއި 2022 ވާ ހޮނިހިރު ދުވަހު ކުޅުދުއްފުށީ ލޯކަލް ބަނދަރު ޖެޓީގައި އެލޯންގް ސައިޑްކޮށްގެން އަދި ކްރޭން ބޭނުންކޮށްގެން މުދާ އަރުވާ ބޭލުމާއި ގުޅޭ

30 އޭޕްރީލް 2022 ވާ ހޮނިހިރު ދުވަހާއި 07 މެއި 2022 ވާ ހޮނިހިރު ދުވަހު ކުޅުދުއްފުށީ ލޯކަލް ބަނދަރު ޖެޓީގައި، އެދުވަސްތަކުގެ ހެނދުނު  10:00 ން ފެށިގެން އެލޯންގް ސައިޑްކޮށްގެން އަދި ކްރޭން ބޭނުންކޮށްގެން މުދާ އެރުވުމާއި ބޭލުމުގެ މަސައްކަތް ކުރެވޭނެކަމުގައި ދަންނަވަމެވެ. ނަމަވެސް މުދާ ބާލާ، އަރުވާ ވަގުތުތައް ފިޔަވާ އެހެންވަގުތުތަކުގައި މުދާ ދޯނިފަހަރު ޖެޓީގައި އެލޯންގްސައިޑްކޮށްގެން ބޭއްވުމަކީ މަނާކަމެކެވެ.

އަދި ދަންނަވަމެވެ، އިސްވެދެންނެވުން ދުވަސްތަކުގެ އެ ވަގުތުތަކުގައި މުދާ އަރުވާ ބާލަންވާނީ ބަނދަރުގެ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މިއިދާރާގެ މުވައްޒަފުންގެ ލަފާގެ މަތިން، ބަނދަރުގެ ޓްރެފިކަށްބަލާ މުދާ އަރުވާ ބޭލުމަށް ހަމަޖައްސާ ސަރަހައްދު ތަކެއްގައި ކަމުގައި ދަންނަވަމެވެ. މި ބަދަލާއި އެކު ބަނދަރުމަތީގެ ކާރުބާރު ބޮޑުވެގެން ދާނެތީ، ބަދަނރު ބޭނުންކުރައްވާ އެންމެހާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށާއި، އެންމެހާފަރާތްތަކުގެ އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރަމެވެ.

28 އޭޕްރިލް 2022
ހޯދާ