ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގެ އަވަށްތަކުގެ ތެރެއިން 1443ވަނަ އަހަރުގެ ފިޠުރުޢީދުނަމާދުގެ ބޮޑު ޖަމާޢަތް ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވާ ހިތަދޫއާއި ފޭދޫ އަވަށުގައި ފިޠުރު ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި މައިދާންތައް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އައްޑޫސިޓީގެ ގަން،މަރަދޫ،މަރަދޫފޭދޫ،މީދޫ އަދި ހުޅުދޫގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ފިޠުރުޢީދުނަމާދު ކުރުން އޮންނާނެއެވެ.
ހިތަދޫ:
1-މަސްޖިދުއްޝޫރާ.
2-މަސްޖިދުލް އިކްރާމް.
3-މަސްޖިދުއް ޒިކުރާ.
4-މަސްޖިދުލް އިޚްވާން.
5-ހުކުރުމިސްކިތް.
6-އައިމަލި މިސްކިތް.
7-މަސްޖިދުއް ތަޤްވާ.
8-މަސްޖިދު އިބްރާހީމް.
9-ސިޓީ ސްކްއެއަރ(ފިޠުރުޢީދުނަމާދުގެ ބޮޑު ޖަމާޢަތް)
ފޭދޫ
1-މަސްޖިދުލް އަމާން.
2- އަސަރީހިނގުމުގެ ދެކުނުފަރާތު ހިއްކިބިމުގައި(ފިޠުރުޢީދުނަމާދުގެ ބޮޑު ޖަމާޢަތް)
މޫސުމަށް އަންނަ ބަދަލަކާއިގުޅިގެން މައިދާންތަކުގައި ފިޠުރުޢީދުނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވޭނެގޮތް ނުވެއްޖެނަމަ ހިތަދޫ އަދި ފޭދޫގެ ހުކުރުކުރާ ހުރިހާ މިސްކިތްތަކުގައި ފިޠުރުޢީދުނަމާދު ކުރުން އޮންނާނެކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ރަމަޟާން 1443
27 އެޕްރީލް 2022