ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ބަލައިގަތުމާގުޅޭ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ގޮތުގައި ތަފާތު ގޮތްގޮތަށް އިބާރާތްކޮށްފައި ހުންނަ ލިޔުންތައް ހުށަހަޅަމުންދާކަން މި ކޮމިޝަނަށްވަނީ ފާހަގަކުރެވިފައެވެ. 

ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެ ކޯހުގެ ބެޗް ވެލިޑޭޓްކޮށް އެ މަރުކަޒަކަށް ދީފައިވާ ހުއްދައިގެ ތާރީޚު ނެތް ނަމަވެސް ހުއްދައިގެ ނަންބަރު ލިޔުމުގައި ހިމަނާފައިވާ ނަމަ، ލިޔުން ބަލައިގަނެގެން ކުރިއަށްގެންދެވުމަށް ދަންނަވަމެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެ ކޯހުގެ ބެޗް ވެލިޑޭޓްކޮށް ދީފައިވާ ހުއްދައިގެ ނަންބަރާއި ހުއްދައިގެ ތާރީޚު ނެތް ނަމަވެސް ލިޔުން ބަލައިގަނެވޭނެއެވެ.

 ވީމާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ބަލައިގަތުމުގައި އިދާރާތަކުން މި ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

މި ސަރކިއުލަރ އާ ގުޅިގެން، މި ކޮމިޝަނުގެ ނަންބަރު 4/2022 (20 ޖަނަވަރީ 2022) އަދި 5/2022 (17 ފެބުރުވަރީ 2022) ސަރކިއުލަރތައް ވަނީ ބާޠިލްކުރެވިފައެވެ.

28 އޭޕްރިލް 2022
ހޯދާ