އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުންޏަށް އޮފީސް ޢިމާރާތެއް/ ޖާގައެއް ކުއްޔަށް ހިފުމަށް

ނަންބަރ: ASND/PRC/IUL/2022/0030


މި ކުންފުންޏަށް 3500 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް ޢިމާރާތެއް/ ޖާގައެއް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު ASND/PRC/IUL/2022/0026 އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.   

ވީމާ، މިފަދަ ޢިމާރާތެއް ނުވަތަ ޢިމާރާތެއްގެ ފަންގިފިލާއެއް ނުވަތަ ފަންގިފިލާތަކެއް ކުއްޔަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކުން  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ) ގައެވެ.  މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި  އިޢުލާނާއި  އެކު  ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. މީގެއިތުރުން މިކުންފުނީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.  

 

27 އޭޕްރިލް 2022

 

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011418      

27 އޭޕްރިލް 2022
ހޯދާ