މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދި ހުށަހެޅުން

ނ. ކެނދިކުޅުދޫ ގައި  ސަރުކާރުން ކުރިޔަށް ގެންދަވާ  ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދި އަދިވެސް ބައެއް ފަރާތްތަކުން ފޯމް ހުށަހަޅާފައިނުވާތީ އެފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން، އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 2022 މެއި މަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކޮށްފީމެވެ.

ވީމާ، މި ފުރުޞަތުގެ ބޭނުން ހިތްޕަވައި، މިހާތަނަށް ފެނާއި ނަރުދަމާގެ ޚިދްމަތަށް ފޯމް ހުށަހަޅާފައި ނުވާ ފަރާތްތަކުން  19 މެއި 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން  މިކައުންސިލަށް ވަޑައިގެން ، އެ ޚިދުމަތަށް އެދޭ ފޯމް ނަންގަވައި ފޯމްފުރުވުމަށްފަހު ، ޚިދްމަތަށް އެދޭ ފަރާތުގެ އައިޑީ ކާޑްގެ ކޮޕީ އަދި ޚިދުމަތަށް އެދޭ ތަނުގެ ރަޖިސްޓްރީ ކޮޕީ އާއިއެކު ފޯމް މިކައުންސިލަށް ހުށަހެޅުމަށް ދެންނެވީމެވެ.

މި ޚިދުމަތަށް އެދޭ ފޯމް މިކައުންސިލްގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ  9:30 އިން 13:00 އާއި ދެމެދު  ލިބެން ހުންނާނެ ވާހަކަ ވެސް ދެންނެވީމެވެ. އަދި  ރަމަޟާން މަސް ފިޔަވައި އެހެނިހެން މަސްމަހުގައި 8:30 އިން 13:30 އަށް ފޯމް ދޫކުރުމުގެ ކަންކަން ކުރިއަށް ދާނެއެވެ.

މި ޚިދުމަތަށް އެދި ފޯމް ހުށައެޅޭނީ  މީހުން ދިރިއުޅޭ ގޭބިސީތަކުންނާއި، ސަރުކާރުގެ މުވައްސަސާތަކުންނާއި، އަމިއްލަ އޮފީސް ތަކާއި، ޖަމިއްޔާ ޖަމާޢަތްތަކާއި، ވިޔަފާރި ކުރާ ތަންތަނުންނާއި، 2015 ވަނަ އަހަރުގެ ކުރިން ދޫކޮށްފައިވާ ގޯތި ތަކުގެ ތެރެއިން ދިރިއުޅޭވޭނެ ފެންވަރަށް ޢިމާރާތްކޮށްފައިވާ ނުވަތަ ފުރާޅު ހިޔާކޮށްފައިވާ ގޯތިތަކަށް އެކަންޏެވެ. އަދި، ކުރިން މީހުން ދިރިއުޅެ ފަޅުވެފައިވާ ގޯތިތަކަށް މިޚިދުމަތަށް އެދުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ.

މިއަދާ ހަމަޔަށް މިކައުންސިލަށް ފޯމް ނުލިބިވާ ގޭބިސީތަކުގެ އަދަދު ތިރީގައި ހިމަނާލަމެވެ.

ކެނދިކޮޅު އަވަށް: 25

ކުޅުދޫ އަވަށް: 39

މިއީ ، މިކަމަށް އެދި ފޯމްހުށަހެޅުމަށް ދެވޭނެ އެންމެ ފަހު ފުރުޞަތު ކަމުގައިވެސް ދެންނެވީމެވެ. އަދި މިމުއްދަތުގައި ފޯމް ހުށަނާޅާ ފަރާތްތަކަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް މިކައުންސިލްގެ ފަރާތުން ޒިންމާ ނުވާނެކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.       

27 އޭޕްރީލް 2022

27 އޭޕްރިލް 2022
ހޯދާ