މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި ޢިނާޔަތްތައް

މުސާރަ:  -/6،295 ރުފިޔާ، ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

1

ޝަރުޠު

  1. ތިމާވެށީގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ތިމާވެށިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ތިމާވެށީގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4. ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދު ތަންފީޒުކުރުން.
  2. ރަށްގިރުމުގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކަށް ޖަވާބުދާރީވެ، ޙައްލުހޯދުން.
  3. ރަށްގިރުމުގެ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް ޕްރޮޕޯސަލްތައް ހަދައި، ޕްރޮޖެކްޓްތައް ރާވައި، އެކަމަށް ބޭނުންވާ ފައިސާ ހޯދައި،  ކޮންޓްރެކްޓުގެ އުސޫލުން މަސައްކަތްހިންގުން.
  4. ކާރިސާތަކުގެ ސަބަބުން ކޯސްޓަލް ޒޯނަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު އެއްކޮށް، ޑޭޓާބޭސް ތައްޔާރުކުރުން.
  5. ދިވެހިރާއްޖޭގެ ރަށްތައް ގިރަމުންދާ މިންވަރުގެ މަޢުލޫމާތު އެއްކޮށް، ޑޭޓާބޭސް ތައްޔާރުކުރުން.
  6. ދިވެހިރާއްޖޭގެ ރަށްތައް ގިރުމުން ޙިމާޔަތްކުރުމާއި، ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދަންޖެހޭ ޤަވާއިދުތަކާއި، އުސޫލުތަކާއި، އިރުޝާދުނާމާތަކާއި، ޕްލޭންތައް ހެދުން.
  7. ކޯސްޓަލް ޒޯން ޙިމާޔަތްކުރުމާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  8. މިނިސްޓްރީން ހިންގާ އަދި ބައިވެރިވާ ތަފާތު ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

މިނޫނަސް އޮފީހުން ރާވައިގެން ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ކޯސްޓަލް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިހުރި މިންވަރު.
  2. ރާއްޖޭގެ ރަށްރަށަށް ގޮސް ސަރވޭކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދާއި،  މާލިއްޔަތާބެހޭ ޤާނޫނަށް އަހުލުވެރިވެފައިވާ މިންވަރު.        

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް) މި މިނިސްޓްރީގެ ކައުންޓަރުން ލިބޭނެއެވެ.. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކުރެވިފައިވާ) ފޮޓޯކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  •   ސުންގަޑި: 22 ސެޕްޓެންބަރު 2014 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  •   އިންޓަރވިއުއާއި އިމްތިޙާންކުރުން 22 ސެޕްޓެންބަރު 2014 އާއި 21 އޮކްޓޫބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

16 ޛުލްޤަަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ