އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ފެރިދޫ ކައުންސިލްގެ ރަސްމީ ލޯގޯ އަދި ދިދަ (ބްރޭންޑް ކިޓް) ހިލޭސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް

ޢިއުލާން

North Ari Atoll Feridhoo Office

AA.Feridhoo, Republic of Maldives.

 


 އއ. ފެރިދޫ ކައުންސިލްގެ ރަސްމީ ލޯގޯ އަދި ދިދަ (ބްރޭންޑް ކިޓް) ހިލޭސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް

                  އއ.ފެރިދޫ ކައުންސިލްގެ ރަސްމީ ލޯގޯ އަދި ދިދަ (ބްރޭންޑް ކިޓް) ހިލޭސާބަހަށް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2022 އެޕްރީލް 26 ވާ އަންގާރަ ދުވަހުން ފެށިގެން 2022 މެއި 8 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:30 ގެ  ކުރިން [email protected] އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑު ކޮޕީއަކާއި، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި ފުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ލޯގޯ އަދި ދިދަ (ބްރޭންޑް ކިޓް) ހުށަހެޅުން އޮންނާނީ2022 މެއި 15 ވާ އާދީއްތަ ދުވަހުގެ ހެނދުނު  11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2022 މެއި 8 ވާ  އާދީއްތަ ދުވަހު މެންދުރު12:45 ގެ ކުރިން [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެލޯގޯ އަދި ދިދަ (ބްރޭންޑް ކިޓް) ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                25 ރަމަޟާން 1443                                       

26 އެޕްރީލް 2022           

 

 

26 އޭޕްރިލް 2022
ހޯދާ