އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑުގައިދުއްވާ އުޅަނދުފަހަރު ދަފްތަރުގައި ރަޖިސްޓްރީކުރުމާއި ގުޅޭ

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެންވުނު 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީވެ، ރަށްރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރެއް އެ މިނިސްޓްރީއިން ބޭނުންވެއެވެ.

 

އެހެންކަމުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ކުރިއަށްގެންދާ ފީތަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެހާ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުތަށް 12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ފޯމް ފުރުއްވައި މި ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް އަންގަމެވެ. އުޅަނދުފަހަރުތައް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ރަސްމީ ގަޑިތަކު މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ ކައުންސިލްގެ ނަންބަރ 6680539 އަށް ރަސްމީ ގަނޑިތަކުގައި ގުޅުއްވުންއެދެމެވެ.

26 އޭޕްރިލް 2022
ހޯދާ