ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަވައިޒަރ، ސެކިއުރިޓީ ގާރޑް (ބ.ދަރަވަންދޫ ބްރާންޗް)

ނަންބަރު:FNK/A/IUL/2022/107   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ބ.ދަރަވަންދޫ ބްރާންޗްއަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

ސްޕަވައިޒަރ

މަޤާމް:

01 (އެކެއް)  

ބޭނުންވާ އަދަދު:

ބިލްޑިންގް މެއިންޓެނެންސް

ޑިޕާޓްމަންޓް:

ބ.ދަރަވަންދޫ ބްރާންޗް

މަސައްކަތް ކުރާތަން:

5200ރ. (ފަސްހާސް ދުއިސައްތަ ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރިނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ އެ ރޭންކުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ)  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން،

(ޅ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

ސެކިއުރިޓީ ގާރޑް

މަޤާމް:

02 (އެކެއް)

ބޭނުންވާ އަދަދު:

ބިލްޑިންގް މެއިންޓެނެންސް

ޑިޕާޓްމަންޓް:

ބ.ދަރަވަންދޫ ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

4650ރ. (ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

(ށ) މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ނ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ބ.ދަރަވަންދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 09:00 - 13:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 މެއި 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

24 ރަމަޟާން 1443

25 އެޕްރީލް 2022

25 އޭޕްރިލް 2022
ހޯދާ