އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ސާވަރ ސްޕެއަރ ހާޑް ޑިސްކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 (IUL)38-AD/38/2022/129 :  ނަންބަރު

އިޢުލާނު

ސާވަރ ސްޕެއަރ ހާޑް ޑިސްކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ކޮމިޝަނުން، ސާވަރ ސްޕެއަރ ހާޑް ޑިސްކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 މާރިޗު 06 ވީ އާދީއްތަ ދުވަހު ކުރެވުނު ނަންބަރު (IUL)38-AD/38/2022/69 އިޢުލާން އަދި 2022 މާރިޗު 27 ވީ އާދިއްތަ ދުވަހު ކުރެވުނު ނަންބަރު (IUL)38-AD/38/2022/93 އިޢުލާނުގެ މިންގަނޑު ބަދަލުކުރުމަށް ބޭނުންވާތީ މި އިޢުލާންތައް ބާޠިލުކޮށް، މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ބީލަން ހުޅުވުން އޮންނާނީ 2022 މެއި 12 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2022 މެއި 11 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު
ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

25 އޭޕްރިލް 2022
ހޯދާ