އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ ސީ.އެސް.އެސް.ޑީ އަށް ބޭނުންވާ މެޓީރިއަލްސް އަދި ކޮންސިއުމަބަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިހޮސްޕިޓަލުގެ ސީ.އެސް.އެސް.ޑީ އަށް ބޭނުންވާ މެޓީރިއަލްސް އަދި ކޮންސިއުމަބަލްސްސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 08  މާރިޗު 2022 ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2022/12 އިޢުލާނަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ބޭނުންވާ ރިކްއަރމެންޓު ފުރިހަމަ ނުވާތީ  އެއިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ވީމާ، މި  މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.
  2. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރ އަދި  ފޯނު ނަމްބަރ އެނގޭނެހެން 25 އެޕްރީލް   2022 އިން ފެށިގެން 28 އެޕްރީލް 2022 ގެ އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
  3. މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން 25 އެޕްރީލް 2022 ގެ 13:00 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
  4. މިމަސައްކަތާބެހޭގޮތުން  ޕްރީބިޑް ބައްދަލުވުމެއް 27 އެޕްރީލް 2022 ގައި އޮންނާނެއެވެ.
  5. އެއްވެސް ސުވާލެއްވާނަމަ 28 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 09 މެއި 2022 ވާ ހޯމަ ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
  7. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]   ކޮޕީ: [email protected]

 

                                     24 ރަމަޟާން 1443

  25 އެޕްރީލް 2022

25 އޭޕްރިލް 2022
ހޯދާ