ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެޔޮއެދޭ ފަރާތަކުން ހަދިޔާ ކޮށްފައިވާ ކަދުރު ދޫކުރުމާއި ގުޅޭ

އިޢުލާން

ހެޔޮއެދޭ ފަރާތަކުން ހަދިޔާ ކޮށްފައިވާ ކަދުރު ދޫކުރުމާއި ގުޅޭ:

          ތިނަދޫ ކައުންސިލަށް ހެޔޮއެދޭ ފަރާތަކުން ވަނީ 225 ކިލޯގެ ކަދުރު، ގދ ތިނަދޫ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފޮނުއްވާފައެވެ. ކަދުރު ބޭނުންވެގެން ކައުންސިލަށް ވަޑައިގަންނަވާ ކޮންމެ ގޭބީސީއަކަށް (ކަދުރު ހުސްވަންދެން) 1 ކިލޯ ކަދުރުގެ މަގުން ބެހުމަށްވަނީ ހަމަޖެހިފައެވެ.

               ވީމާ، 25 އޭޕްރިލް 2022 (ހޯމަ) ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ ހެނދުނު 9:30 އިން 13:00 އާއި ދެމެދު ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ވަޑައިގަތުމުން ކަދުރު ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމުން އެ ގޭބީސީއެއްގެ ކަދުރު އެގޭބީސީއަކުން ވަޑައިގަންނަވާ ބޭފުޅަކަށް ދޫކުރެވޭނެއެވެ.

24 އޭޕްރިލް 2022
ހޯދާ