އަރިއަތޮޅު އުތުރުބުރީ ފެރިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ

މި ޞިއްޙީ މަރުކަޒުން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަރުކަޒުގައި ބޭނުން ކުރަމުން އަންނަ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދެއްވާނެ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މި ޞިއްޙީ މަރުކަޒުގެ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމަރުކަޒުގެ އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތެއް އަންދާސީހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ފޮނުއްވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6660809 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ