ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މާލޭގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ 11 ފަންގިފިލާގެ "ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ" އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލުން

ބިޑު ހުށަހެޅުމުގެ ދަޢުވަތު 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މާލޭގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ 11 ފަންގިފިލާގެ "ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ" (1,509 އަކަފޫޓު) އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

މި އިމާރާތުގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމާއެކު ބީސީސީ އިން އިމާރާތްކުރަން ނިންމައިފައިވާ ތަނެކެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މާލޭގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ.  މި އިމާރާތާއެކު، ދިވެހިރާއްޖޭގައި އުފައްދާ ގާމެންޓްގެ އުފެއްދުންތަކަށް ހާއްސަ ސަރަހައްދަކާއެކު އޮތެންޓިކް މޯލްޑިވްސް ބޮޑު ފިހާރައެއް ހުޅުވިގެންދާއިރު، ކޯވޯކް ސްޕޭސްގެ ޚިދުމަތްވެސް ފުޅާކުރެވިގެންދާނެއެވެ. މީގެ އިތުރުން ޓްރެއިނިންގ އިންސްޓިޓިއުޓެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މި ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޒަރީއާއިން ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން އަދި ހުނަރު ތަރައްގީ ކުރުމަށްޓަކައި ކުރު މުއްދަތުގެ ތަމްރީން ކޯސްތައް ހިންގިގެންދާނެއެވެ. މި އިމާރާތުން ކުމެވިތަކަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެވިގެން ދާނެއެވެ. 

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތްވާގޮތުގެ މަތިން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުއްވުން އެދެމެވެ. 

 

މައުލޫމާތު ސާފުކުރުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މ. ކަނީރުވިލާ، އޯކިޑް މަގު (ފުރަތަމަ ފަންގިފިލާ)

އާދީއްތަ

08 މެއި 2022

14:00

 

އަންދާސީ ހިސާބު

ހުށަހެޅުން

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މ. ކަނީރުވިލާ، އޯކިޑް މަގު (ފުރަތަމަ ފަންގިފިލާ)

އާދީއްތަ

29 މެއި 2022

14:00

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) 

ފުރަތަމަ ފަންގިފިލާ، މ.ކަނީރުވިލާ، އޯކިޑް މަގު، މާލެ 

ފޯން: 3305555, 3010613 

އީމެއިލް: [email protected]

24 އޭޕްރިލް 2022
ހޯދާ