ދިވެހިރާއްޖެ
އިޢުލާން
ކުޅުދުއްފުށީ ސިޓީގެ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމާބެހޭ
ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިޞްލާހުގެ ދަށުން އެރަށެއްގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ ކައުންސިލަށް ބަދަލުކުރުމަށްޓަކައި ކުޅުދުއްފުށީގައި ދުއްވާ އުޅަނދުތަކުގެ މަޢުލޫމާތު ދަފްތަރު ކުރަން ބޭނުންވެއެވެ.
ވީމާ ކުޅުދުއްފުށީގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ވެރިން އުޅަނދުތައް ދަފްތަރުކުރުމަށްޓަކައި އެކަމަށް ތައްޔާރުކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް އުޅަނދުފަހަރުގެ މަޢުލޫމާތު 27 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފޮނުއްވުން އެދެމެވެ. އޮންލައިން ފޯމް މެދުވެރިކޮށް މަޢުލޫމާތު ފޮނުއްވަން ދަތިފުޅުވާ ފަރާތްތަކުން ސިޓީކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން އުޅަނދު ދަފްތަރު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ދަފްތަރު ކުރައްވަން ވަޑައިގަންނަވާއިރު އުޅަނދުގެ ރަޖިސްޓަރީ ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ.
އޮންލައިން ފޯރމް ލިންކް: https://forms.office.com/r/28AQPAzffu
20 ރަމަޟާން 1443
21 އޭޕްރީލް 2022