ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގެ ބަހުސްގެ ބައިގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރުން

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް، ކުލަބު، ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ ބައިގެ ބައިވެރިން މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމު ފުރިހަމަކުރުމުގެ ސުންގަޑިއަށް ވަނީ ބަދަލުގެނެވިފައެވެ. މިގޮތުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2022 އެޕްރީލް 25ވާ ހޯމަ ދުވަހުގެ 13:00 ކަމުގައި ދަންނަވަމެވެ.

މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 7986230ން ލިބޭނެއެވެ.

21 އޭޕްރިލް 2022
ހޯދާ