މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގައި ބޭނުންކުރަމުންދާ ARX45 އަމާން ކޮމްޕެކްޓަރ ގެ ކުރީ ޑްރަމްގެ މައުންޓް ސަޕްލައިކޮށްދޭނެ ފަރާތެއް

މި މިނިސްޓްރީގެ ފަރާތުން ކުރިޔައްގެންދާ ލ. ގަން ލޭންޑް ސްކޭޕިންގ މަސައްކަތުގައި ބޭނުންކުރާ ARX45 އަމާން ކޮމްޕެކްޓަރ ގެ ކުރީ ޑްރަމްގެ މައުންޓް ހަލާކުވެފައިވާތީ ބަދަލުކުރުމަށް ބޭނުންވާ މައުންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 26 އެޕްރީލް 2022ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

 

އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 28 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00ގެ ކުރިން [email protected]އަށް އީމެއިލް ކޮށްދެއްވުންއެދެމެވެ.

 

ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 08 މެއި 2022ވާ އާދިއްތަ ދުވަހުގެ މެނދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

21 އޭޕްރިލް 2022
ހޯދާ