މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކުނިއުފުލާ 3 (ތިނެއް) ވެސެލް (ލޮޓް 1، ލޮޓް 2 އަދި ލޮޓް 3) ހޯދުން - ރިޓެންޑަރ

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

(ޕްރޮޖެކްޓް ނަންބަރު: TES/2021/G-003-R01)

 

ކުނިއުފުލާ 3 (ތިނެއް) ވެސެލް (ލޮޓް 1، ލޮޓް 2 އަދި ލޮޓް 3) ހޯދުން - ރިޓެންޑަރ

 

1. ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ގެ ދަށުން ކުނިއުފުލާ 3 (ތިނެއް) ވެސެލް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ބޭނުމަށް ކުނިއުފުލާ 3 (ތިނެއް) ވެސެލް (ލޮޓް 1، ލޮޓް 2 އަދި ލޮޓް 3) - ރިޓެންޑަރ ހޯދުމަށް މި މިނިސްޓްރީއިން ކުރި ނަންބަރު (IUL)13-K/13/2021/87 އިޢުލާނާ ގުޅިގެން އެމަސައްކަތަށް ބީލަން ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

3. މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

4. ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.

5. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން   : (+960) 3349113، (+960) 3349106، (+960) 3349147     

އީމެއިލް  : [email protected]

ކޮޕީ   : [email protected]

6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2022 އެޕްރީލް 21 އިން 2022 ޖޫން 6އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 (ރަމަޟާން މަހު 9:00 އިން 13:00) އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

7. މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

8. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ އޮންލައިންކޮށް ކަމަށްވުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތަކުން ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ، އެފަރާތްރަކުން 2022 މޭ 9 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިކަމަށްއެދި އީ-މެއިލް ކުރަންވާނެއެވެ. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ބިޑިންގް ޑޮކިއުމަންޓްގެ އައި.ޓީ.ބީ މާއްދާ 7.1 އާއި އެއްގޮތަށް މަތީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

9. ބީލަން ހުޅުވުން އޮންނާނީ 2022 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

10. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.

www.finance.gov.mv

www.gazette.gov.mv

www.adb.org

 

21 އޭޕްރިލް 2022
ހޯދާ