އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އދ. ހަންޏާމީދޫ ޞިއްޙީމަރުކަޒަށް ފައިބަރ ނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުން.

އިޢުލާން

 

އދ. ހަންޏާމީދޫ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 12 އޭޕްރިލް 2022 (ނަމްބަރ: (IUL)I01-HHC/2022/02) ކުރި އިޢުލާން އާއި ގުޅިގެން އެއްވެސްފަރާތަކުން ރެޖިސްޓަރ ވެފައި ނުވާތީވެ، މި މަސައްކަތްކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 21 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 27 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ހަންޏާމީދޫ ޞިއްޙީމަރުކަޒުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރވެލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 25 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

20 ރަމަޞާން 1443

21  އެޕްރީލް 2022

                                                                                                           (ސޮއި)

                                                                 އުބައިދުﷲ މުޙައްމަދު

                                                            އެޑްމިނިސްޓްރޭޓަރ، ހެލްތުސަރވިސް

21 އޭޕްރިލް 2022
ހޯދާ