މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރު ކޮމިއުނިޓީ ސެންޓަރގެ ގޯތިތެރޭގައި އައުޓްޑޯ ޖިމް ގާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

                               `                                      

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

      އުނގޫފާރު، ދިވެހިރާއްޖެ                                              ނަންބަރު: IUL-303-AS/303/2022/16   

 

އިޢުލާން

 

އުނގޫފާރު ކޮމިއުނިޓީ ސެންޓަރގެ ގޯތިތެރޭގައި އައުޓްޑޯ ޖިމް ގާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

                     އުނގޫފާރު ކޮމިއުނިޓީ ސެންޓަރގެ ގޯތިތެރޭގައި އައުޓްޑޯ ޖިމް އިންސްޓޯލް ކުރުމަށް ބޭނުންވާ މެސަނަރީޒް ދިނުމުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެއްޖެއެވެ.

                    ވީމާ، ސުރުޚީގައި ދެންނެވިފައިވާ އައުޓްޑޯ ޖިމްގެ މަސައްކަތްކުރުމަށް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮއްދިމުނަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 27 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާ އަށެވެ.ޖިމްގެ މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ އަންދާސީ ހިސާބް ހުށަހެޅުން އޮންނާނީ ރ . އުނގޫފާރު ކައުންސިލް އިދާރާގައި 09 މެއި 2022 ވާ ހޯމަ ދުވަހު 10.30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކޮމިއުނިޓީ ސެންޓަރގެ އައުޓްޑޯ ޖިމްގެ މަސައްކަތް ކުރުމަށް އެދި" މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ތިރީގައިއެވަނީ އައުޓްޑޯ ޖިމްގެ މަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

1- އައުޓްޑޯ ޖިމްގެ މަސައްކަތް ކުރުމަށް އެދި ހުށަހަޅާ އަގަށް  (އަށްޑިހަމާކުސް)

2- މާލީތަނަވަސް ކަމަށް (ދިހަމާކުސް)

3- ތަޖުރިބާއަށް (ދިހަމާކުސް)

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           20  ރަމަޝާން  1443    

          21 އެޕްރީލް   2022  

21 އޭޕްރިލް 2022
ހޯދާ