މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ގއ. ކޫއްޑޫގައި ބަނދަރު ހެދުމުގެ މަސައްކަތް- ރީ-ޓެންޑަރ

 ބީލަން ހުށަހެޅުމުގެ ދަޢުވަތު 

1. ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުޞޫލުން ގއ. ކޫއްޑޫގައި ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ގއ. ކޫއްޑޫގައި ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިމިނިސްޓްރީ ނަންބަރު (IUL)13-K/13/2021/86 އިޢުލާނާ ގުޅިގެން އެމަސައްކަތަށް ބީލަން ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކޮށް އެމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

3. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ.

4. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ފާޠިމަތު ރިޝްފާ އަޙްމަދު،

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން    : 9603349113+| 9603349147+| 9603349106+

އީމެއިލް  : [email protected]

ކޮޕީ     : [email protected]

5. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2022 އެޕްރީލް 21 އިން 2022 މޭ 22އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 (ރަމަޟާން މަހު 9:00 އިން 13:00) އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

6. މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

7. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 9 މޭ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 2,500,000 ދިވެހި ރުފިޔާ (ދެ މިލިއަން ފަސްލައްކަ ދިވެހި ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރު) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

9. ބީލަން ހުޅުވުން އޮންނާނީ 2022 މޭ 24ވާ އަންގާރަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

21 އޭޕްރިލް 2022
ހޯދާ