މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިހާރު ޢަމަލުކުރަމުންދާ "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު" 2019/R-1017 ގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާ ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗަށް މިމިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް، އެމަސައްކަތްކުރާ ފަރާތްތަކަށް އެންގުން.

ޢިމާރާތް ކުރުމުގެ ޤާނޫނު ނަންބަރު: 2017/4 ގެދަށުން އެކުލަވާލާފައިވާ ޤަވާޢިދު ނަންބަރު 2019/R-1017 (ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު) ގެ ދަށުން، ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން މިޤަވާޢިދުގައި ބަޔާންކޮށްފައިވާ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރަންވާނީ އަދި ދިވެހިރާއްޖޭގައި އުފައްދަންވާނީ "ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގެ ހުއްދަ" ނަގައިގެންނެވެ.

މިގޮތުން ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާއިދުގައި އެތެރެ ކުރުމަށާއި އަދި އުފެއްދުމަށް ހުއްދަ ނަގަން ޖެހޭ ބާވަތްތަކަކީ:

1-      ސިމެންތި (ޢިމާރާތް ކުރުމަށް ބޭނުންކުރާ)

2-      ހިލަ (ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ގްރޭޑެއްގެ ހިލަ)

3-      ވެލި (ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ވެލި)

4-      ދަގަނޑު (ޢިމާރާތް ކުރުމުގެ ބޭނުމަށް ގެންނަ ސްޓްރަކްޗަރަލް ދަގަނޑު)

5-      ރެޑީމިކްސް ކޮންކްރީޓް (ހުރިހާ ގްރޭޑެއްގެ)

6-      ރެޑީމޭޑް ބްލޮކްސް (ޢިމާރާތް ކުރުމަށް ބޭނުންކުރާ ގައު)

އަދި މަތީގައި ބަޔާން ކޮށްފައިވާ މަސައްކަތް ކުރަންވާނީ ޤަވާޢިދު ނަންބަރު 2019/R-1019  (ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު)ގެ ދަށުން SY އަދި CM ކެޓަގަރީގައި ރަޖިސްޓަރީ ވެގެންނެވެ. މިގޮތުން މި އިޢުލާންކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަސް ފަހުން މަތީގައި ބަޔާންކޮށްފައިވާ ތަކެތި އެތެރެކުރަނީ އަދި ދިވެހިރާއްޖޭގައި އުފައްދަނީ ހުއްދަ ހޯދައިގެންކަން މިމިނިސްޓްރީއިން ބެލުމަށްޓަކައި މިފަދަ މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކުރާނެ ވާހަކަ ދަންނަވަމެވެ.

ހުއްދަ ހޯދުމަށް ބޭނުންވާ ފޯމުތައް ތިރީގައިވާ ވެބްސައިޓް ލިންކުން ލިބެން ހުންނާނެއެވެ. އަދި ހުއްދަ ހޯދުމާ ގުޅޭގޮތުން އިތުރު މަޢްލޫމާތު ހޯއްދެވުމަށް [email protected] އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީ ގަޑީގައި 4004830 ނުވަތަ 4004828 އަށް ގުޅުއްވުން އެދެމެވެ.

https://planning.gov.mv/en/forms/construction-material-import-and-production

https://planning.gov.mv/en/forms/contractors-registration-application-form

21 އޭޕްރިލް 2022
ހޯދާ