މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތީގެ ރަޖިސްޓަރީ ބާޠިލުކުރުން

މއ.ދޫގަސް އެވެ، ކިޔާ ގޯތީގެ( ޙުސައިން ޝަރީފް އާއި ފާޠިމަތު ޝަރީފް އަށް ދޫކޮށްފައިވާ ރަޖިސްޓަރީ އަޞްލު) ބާޠިލް ކުރުމާބެހޭ

މއ.ދޫގަސް އެވެ، ކިޔާ ގޯތީގެ ވެރިފަރާތުގައި ހިމެނޭ ޙުސައިން ޝަރީފްގެ ތަރިކައިގެ މައްސަލަ ފެމިލީ ކޯޓުގެ ނަންބަރު 598/Fm-C/2015(155/Cv-C/2015) ޤަޟިއްޔާއިން ނިންމަވާފައިވާގޮތަށް ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބަދަލުކުރުމަށް އެދި މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ވީމާ، މއ.ދޫގަސް އެވެ، ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު ބ.14090 ޢިމާރާތާއި ގޯއްޗަށް (ޙުސައިން ޝަރީފް އާއި ފާޠިމަތު ޝަރީފް) އަށް ދޫކުރައްވާފައިވާ ރަޖިސްޓަރީގެ އަޞްލު މި އިދާރާއަށް ހުށަހެޅުމަށް އަންގާފައި ވީނަމަވެސް،މި ރަޖިސްޓަރީގެ އަޞްލު ލިބިފައިނުވާތީ، މި ރަޖިސްޓަރީ ބާޠިލުކޮށް، ފެމިލީ ކޯޓުން ނިންމަވާފައިވާ ޤަޟިއްޔާގައި ވާގޮތަށް މއ.ދޫގަސް އެވެ، ކިޔާ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އަށް ގެންނަންޖެހޭ ބަދަލު ގެނެވޭނެކަން ޢާއްމުކޮށް އަންގާ ޢިއުލާންކުރީމެވެ.

20 އޭޕްރިލް 2022
ހޯދާ