މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

އެމް.އެފް.އެމް.ސީ ކެޕިޓަލް
ދިވެހިރާއްޖެ
 

އިޢުލާން ނަންބަރު: MFMC/I/2022/10

އޮފީސް އެސިސްޓަންޓް 

މި މަޤާމަކީ ކުންފުނީގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކުގައި އިދާރީ އިންތިޒާމް އެހީތެރިކަން ފޯރުކޮށްދީ، ކުންފުނީގެ އޮފީސްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އަދި އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމަށް ޚާއްޞަ މަޤާމެކެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އެކިއެކި ބައްދަލުވުންތަކަށް އިދާރީ އިންތިޒާމް ހަމަޖެއްސުން
  • އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • އޮފީހުގެ މެއިންޓެނަންސާއި މަރާމާތާގުޅޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން./ އޮފީސް ފޮޅާ ސާފުކޮށް ބެލެހެއްޓުން
  • އޮފީހުގެ ސާފުތާހިރުކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ސުޕަވައިޒަރު އަންގާ މަސައްކަތްކުރުން.
  • އޮފީހުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
  • ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން
  • ކުންފުނި އަދި މަސައްކަތާ ގުޅިގެން އޮފީހުން އަންގާ އެހެނިހެން ކަންކަން ކުރުން. 

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ހުރުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއް ކަމުގައިވުން
  • މި މަޤާމުގެ ވާޖިބުތަށް އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން

 

މުސާރަ: (8000 - 9000) ރުފިޔާ

 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އެޕްރީލް 2022 ވަނަ ވާ އަންގާރަ ދުވެހުގެ 14:00 ކުރިން ތިރީގައި ދަންނަވާފައިވާ ލިޔެކިޔުންތައް އޮންލައިން އެޕްލިކޭޝަން ފޯމް (https://form.jotform.com/220221737181447) މެދުވެރިކޮށް ފޮނުވުމަށް އެދި ދަންނަވަމެވެ.

  1. އައިޑީ ކާޑު ކޮޕީ
  2. ސީވީ
  3. ސެޓްފިކެޓް ކޮޕީ (ހާސިލްކޮށްފައިވާނަމަ)
  4. ވަޒީފާ އަދާކޮށްފައިވާ ނަމަ ނުވަތަ ވަޒީފާ އަދާކުރަމުންދާނަމަ މަސައްކަތްކޮށްފައިވާ އޮފީހަކުން ދޫކޮށްފައިވާ ލިޔުން(ތައް).

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3316362 ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

20 އޭޕްރިލް 2022
ހޯދާ