ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓުރޫމުގެ ސްޓޭޖާއި ބެކްޕެނަލް ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

         މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް މި ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގެ ސްޓޭޖާއި ބެކްޕެނަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         މަޢްލޫމާތު ސާފުކޮށްދިނުން 24 އޭޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ 11:00ގައި މި ކޯޓުގައި އޮންނާނެއެވެ. އަދި ބީލަން ހުށަހަޅާނީ 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކޯޓަށެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައިގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ  [email protected]  އަށެވެ. މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

        ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 19 ރަމަޟާން 1443

20 އޭޕްރީލް 2022

20 އޭޕްރިލް 2022
ހޯދާ