ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 އާއި ސިވިލް ސަރވިސްގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެގޮތުގެ އުޞޫލު އިޞްލާޙުކޮށް އާންމުކުރުން

"ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު)" އަށް ޢަމަލުކުރުމުގައި އިދާރާތަކަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށް، ވަޒީފާއަށް އައްޔަންކުރުމުގެ މަރުހަލާތައް އިތުރަށް ތަފްޞީލުކޮށް ދިނުމުގެ ގޮތުން، މިހާރު ޢަމަލުކުރަމުންދާ އުޞޫލު އިޞްލާޙުކޮށް، "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު)" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.

އަދި، ސިވިލް ސަރވިސްގެ މަޤާމުތަކަށް އެދި ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ސެޓްފިކެޓްތައް އެ މަޤާމުތަކަށް ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގާ ވީހާވެސް ފުޅާކޮށް ގުޅުވުމުގެ ފުރުސަޠު ފަހިކުރުމަށްޓަކައި، މިހާރު ޢަމަލުކުރަމުން އަންނަ އުޞޫލު އިޞްލާޙުކޮށް "ސިވިލް ސަރވިސްގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެގޮތުގެ އުޞޫލު (ފުރަތަމަ އިޞްލާޙު)" ވެސް މި ސަރކިއުލަރއާއެކު އާންމުކުރަމެވެ .

މި އުޞޫލުތަކަށް ޢަމަލުކުރަން ފަށާނީ، 2022 މެއި 01 ވަނަ ދުވަހުން ފެށިގެންނެވެ. އަދި 2022 އެޕްރީލް  30 ވަނަ ދުވަހުގެ ނިޔަލަށް އިދާރާތަކުން ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކޮށްފައިވާ އިޢުލާނުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ މަރުހަލާތައް ކުރިއަށްގެންދާނީ "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު)" އާ އެއްގޮތަށެވެ.

ވުމާއެކު، ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުން މި ސަރކިއުލަރއާއެކު ޢާންމުކޮށްފައިވާ އުޞޫލުތަކާއި ޝަރުތުތަކަށް ފުރިހަމައަށް އަހުލުވެރިވެ، މި އުޞޫލުތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމަށާއި، މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވެ، އެއާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

 މީގެ ކުރިންވެސް އަމަލުކުރަމުންދާ ގޮތަށް އައްޔަންކުރުމުގެ އުޞޫލުތަކާއި، އެ އުޞޫލުތަކާގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.

https://www.csc.gov.mv/Policy/Index/51

19 އޭޕްރިލް 2022
ހޯދާ