ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑުގައިދުއްވާ ތަކެތީގެ އަހަރީފީ ކައުންސިލްތަކަށް ބަދަލު ވުމާއިބެހޭ

އެއްގަމާއި ކަނޑުގައި ދުއްވާ އުޅަދުފަހަރުގެ އަހަރީފީ އެއުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ކައުންސިލަކަށް ބަދަލު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީވެ މިރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރެއް އެމިނިސްޓަރީން ބޭނުންވާ ކަމަށާއި އުޅަނދުތަކުގެ އަހަރީފީ ކައުންސިލްތަކަށް ބަދަލުކުރުން ލަސްވެފައިވަނީ އުޅަނދުތައް ރަޖިސްޓްރީކުރަމުން މިހާތަނަށް އައިސްފައިވަނީ ޒޯނަށް ކަމުގައިވާތީ ރަށްރަށުގައި ދުއްވާ ވެހިކަލްތަށް އެނގޭނެގޮތެއް ނެތުމާއި އުޅަނދުތަކުގެ އަހަރީފީ ފަސޭހަކަމާއިއެކު އޮންލައިނުކޮށް މީރާ ޕޯޓަލުން ބަލައިގަތުން އިންތިޒާމްވެފައި ހުރެމެ އެފަދަ ފަސޭހަގޮތަކަށް ކައުންސިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ނުހެދި ބަދަލު ކޮށްފިނަމަ ރައްޔިތުންނަށް ދިމާވާނެ ތަކްލީފަށް ރިޢާޔަތް ކުރެވިގެންނެވެ. ނަމަވެސްމިހާރު ކައުންސިލްތަކުގެ ބޭންކު އެކައުންޓްތަކަށް ކޮންމެ ރައްޔިތަކަށްމެ ފައިސާދެއްކޭގޮތަށް ހަމަޖެހިފައިވާތީ މިކައުންސިލަށް އަހަރީފީ ބަދަލުކުރުމަށް މިރަށުގައިދުއްވާ ކަނޑުއުޅަދާއި އެއްގަމުގައިދުއްވާ އުޅަދުތަކުގެ މައުލޫމާތު މިއަދުންފެށިގެން 27 އެޕްރީލް 2022 ވާ ބުދަދުވަހުގެ 13:00 ގެ ކުރި ން އެއުޅަދެއްގެ ރަޖިސްޓްރީގެ ކޮޕީއެއް މިކައުންސިލްއަށް ނުވަތަ މިކައުންސިލްގެ އީމޭއިލްއަށް ނުވަތަ ވައިބާ މެދުވެރިކޮށް ފޮނުއްވާދެއްވުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވައިބާކުރައްވާނީ 7902141،7498528 މިނަމްބަރަށެވެ.

19 އޭޕްރިލް 2022
ހޯދާ