ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށު މަކްތަބު އަދި މަކްތަބުލް އަޙަދިއްޔާ ކުއްޔަށް ދޫކުރުން.

ހޮޓާ، ކެފޭ ނުވަތަ ރެސްޓޯރަންޓް ހިންގުމަށް، 10 އަހަރު ދުވަހުގެ މުއްދަތަށް ހއ.ބާރަށު "ބާރަށު މަކްތަބު" އަދި "މަކްތަބުލް އަޙަދިއްޔާ" ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

 ވީމާ ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން، ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.  ރަޖިސްޓަރވުމަށް އެދޭ ފޯމު މިއިޢުލާންއާއިއެކު ގެޒެޓުގައި އެޓޭޗުކުރެވިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމު ހުށަހަޅުއްވާނަމަ ފޮނުއްވާނީ [email protected] އަށެވެ. އީމެއިލް އިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. އިޢުލާންއާއިގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކަށް  ދޫކުރެވޭނެއެވެ. އަދި  ބީލަން ހުށަހެޅުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމުގައި ދެންނެވީމެވެ.

ބިމަށްއެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަތުރު:

  1. ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމުގައިވުން.
  2. މީގެކުރިންވެސް މިފަދަ ބިމެއް ދޫކޮށް، ޤަވާޢިދާއި ޚިލާފުވެގެން ބިން ވަކިކުރި ފަރާތެއްނަމަ، ވަކިކުރިތާ މީލާދީ 1 (އެކެއް) އަހަރު ވެފައިވުން. އަދި އެކަމާއިގުޅިގެން ޚަލާސްކުރަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެފައިސާއެއް ޚަލާސްކޮށްފައިވުން.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން.

28 އޭޕްރީލް 2022 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް.

ޕްރި-ބިޑް ބައްދަލުވުން.

28 އޭޕްރީލް 2022 ވަނަ ދުވަހުގެ 13:00 ގައި ބާރަށުކައުންސިލް އިދާރާގައި.

ބީލަން ބަލައިގަތުމާއި ހުޅުވުން.

10 މެއި 2022 ވަނަ ދުވަހުގެ 13:00 ބާރަށު ކައުންސިލް އިދާރާގައި.

 

                  ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިނުވިނަމަވެސް ރަޖިސްޓަރކޮށްފައިވާނަމަ ބީލަން ހުށަހެޅޭނެއެވެ. ބީލަންތައް ހުޅުވާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

                  ވީމާ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                   18 ރަމަޟާން 1442

                   19 އޭޕްރީލް 2022

19 އޭޕްރިލް 2022
ހޯދާ