ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 ސިވިލް އިންޖިނިއަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

ކްލެސިފިކޭޝަން / ރޭންކް

 އިންޖިނިއަރ ގްރޭޑް 02

މުސާރަ:

 މަހަކު 12750.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 5100.00 ރުފިޔާ

- ފޯނު އެލަވަންސް: 450.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ސިވިލް އިންޖިނިއަރިންގ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

ނުވަތަ

- ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3-1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޕްރޮޖެކްޓްތައް ޑިޒައިންކުރުމާއި ރާވާ ހިންގުމުގެ އެންމެހާ މަސައްކަތް ކުރުން.

- ޕްރޮޖެކްޓްތަކަށް ބޭނުންވާ ޓީ.އޯ.އާރް ތައްޔާރުކުރުން.

- ނިމިފައިވާ ޕްރޮޖެކްޓްތަކާއި ކުރިއަށްދާ ޕްރޮޖެކްޓުތަކުގެ ސަލާމަތީކަންކަން ހުރި ގޮތް ބަލައި ކަށަވަރުކުރުން.

- ޑިޒައިންތަކާއިބެހޭ ގޮތުން ކާމާ ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.

- ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް، ޕްރޮޖެކްޓް ޓީމްތަކާއި ގުޅިގެން އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށް ދަނީ ރަގަޅަށްކަން ކަށަވަރުކުރުމުގެ ގޮތުން މަސައްކަތުގެ ފެންވަރާއި، މަސައްކަތް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

- ޑިޕާޓްމަންޓުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލާފާ ދިނުން.

- ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތާއި މަސައްކަތް ނިމިފައިވާ މިންވަރުގެ ތަފްޞީލީ ރިޕޯޓް ތައްޔާރުކުރުން.

- ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަފްސީލީ ކުރެހުންތަކާއި ޑިޒައިންތައް، ސްޕެސިފިކޭޝަން އަދި ކޮމްޕިއުޓަރ މޮޑެލްގެ ސްޓްރަކްޗަރ އަދި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ތައްޔާރުކުރުން .

- ޕްރޮޖެކްޓް ޕްލޭންކުރުމާއި، ޑިޒައިންކުރުމާއި، ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތަކުގައި  ބައިވެރިވުން.

މަޤާމް:

 ކުއެންޓިޓީ ސަރވެޔަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

ކްލެސިފިކޭޝަން / ރޭންކް:

 އިންޖިނިއަރ ގްރޭޑް 02

މުސާރަ:

 މަހަކު 12750.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 5100.00 ރުފިޔާ

- ފޯނު އެލަވަންސް: 450.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

 ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ސިވިލް އިންޖިނިއަރިންގ ދާއިރާއިން ނުވަތަ ކުއަންޓިޓީ ސަރވެއިންގ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

- ސިވިލް އިންޖިނިއަރިންގ ދާއިރާއިން ނުވަތަ ކުއަންޓިޓީ ސަރވެއިންގ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ތަފްސީލީ ކުރެހުންތަކައް ބިނާކޮށް ޕްރޮޖެކްޓަށް ޚަރަދުވާނެ އަގުތައް ތައްޔާރުކުރުމާއި އެ ޕްރޮޖެކްޓަށް ޚަރަދުވަމުންދާ މިންވަރު ބެލެހެއްޓުން.

- ސައިޓުތަކުގައި މަސައްކަތްކުރާ ޓީމާއި ކޮމާޝަލް ޓީމުގެ މުޢާމަލާތްތައް އެންމެ އެކަށޭނަ ގޮތަށް ކުރިއަށްދާކަން ޔަޤީންކުރުން.

- ކުއެންޓިޓީ ސަރވެޔަރުންގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުން.

- ޕްރޮޖެކްޓްތަކުގެ ކޭޝް ފޮލޯ ފޯކާސްޓް ތައްޔާރުކުރުމާއި ބެލެހެއްޓުން.

- ކޮންޓްރެކްޓް ތައް ބެލުމަށް ފަހު ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކާމާ ބެހޭ ފަރާތްތަކާއި ވާހަކަ ދެއްކުން.

- ސައިޓުތަކުގެ ސަބް-ކޮންޓެކްޓަރުންގެ ޕޭމަންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

- ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމާއި ސައިޓުގައި މަސައްކަތްކުރާ ޓީމުގެ ލަފަޔާއި އެކު، މަހުން މަހަށް ތައްޔާރުކުރަން ޖެހޭ ކޮމާޝަލް ރިޕޯޓުތައް ތައްޔާރުކުރުން.

- ޕްރޮޖެކްޓަށް ޙަރަދުކުރެވޭ މެޓީރިއަލްސްތަކާއި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު އަޅާކިއުން.

- ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓް މެނޭޖަރަށް ބޭނުންވާ މަޢުލޫމާތު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހިއްސާކުރުން.

- ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓް މެނޭޖަރަށް ބޭނުންވާ ސާރވެއިންގ އެހީތެރިކަން ފޯރުކޮށްދިނުން.

- ޕްރޮޖެކްޓުގެ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން ރިޕޯޓުތައް ތައްޔާރުކޮށް ކަމާއިގުޅޭ ފަރާތްތަކާއި ހިއްސާކުރުން.

- ޕްރޮޖެކްޓަށް ހާއްސަ މިންގަނޑުތައް އެކަށެއެޅުމަށް ބޭނުންވާނެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

- ޓެކްނިކަލް ރިޕޯޓުތައް ތައްޔާރުކޮށް ކަމާއިގުޅޭ ފަރާތްތަކާއި ހިއްސާކުރުން.

 

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 26 އޭޕްރިލް 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މޭ މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަނުގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                      18 ރަމަޟާން 1443

19 އޭޕްރިލް 2022
ހޯދާ